60 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފި

60 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވިދާޅުވެފައިވަނީ ހއ. އަތޮޅުން ފެށިގެން ރ. އަތޮޅާއި ހަމައަށް މިރޭ 20:30 އިން ފެށިގެން ދަންވަރު 00:00 އާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލާއި 60 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހުން އެކަށީގެންވާކަމަށެވެ. އަދި މި ސަރަހައްދަށް އާންމު ގޮތެއްގައި ވައިޖެހޭނީ ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރު މިނެއްގައި ކަމަށްވެސް މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.

އަދި ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މިރޭ 22:00 އިން ފެށިގެން ދަންވަރު 02:00 އާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލާއި 60 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހުން އެކަށީގެންވާކަމަށެވެ. އަދި މި ސަރަހައްދަށް އާންމު ގޮތެއްގައި ވައިޖެހޭނީ ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރު މިނެއްގައި ކަމަށްވެސް މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީވެސް އެކަށީގެންވާކަމަށާއި، ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީވެ، އާންމުކޮށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މިލިޔުން ކިޔާލުމުން
214
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ