ރާއްޖެއަށް މޫސުން ގޯސްވެ، މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ހެންދުނު ނެރުނު ޔެލޯއެލާޓް ވަގުތު އިތުރު ކޮށް އެލާޓް ނެރުނު ސަރަހައްދު ބޮޑު ކޮށްފިއެވެ.
އެގޮތުން މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 09:00 އިން 13:00 އަށް ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައެވެ. ނަމަވެސް މެޓް އޮފީހުން ދާދި ދެންމެ ވަނީ މި އެލާޓް ނެރެފައިވާ ސަރަހައްދު ބޮޑުކޮށް އަލުން އެލާޓް ނެރެފައެވެ. އެގޮތުން މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމައަށް މިއަދު މެންދުރު 13:00 އިން ފެށިގެން ހަވީރު 17:00 އަށް ޔެލޯ އެލާޓް ނެރެފައެވެ.
މެޓް އޮފީހުން ވިދާޅުވެފައިވަނީ މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ.
މި ދުވަސް ވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެއް ކަމުން މެޓް އޮފީހުން ދަނީ ރާއްޖޭގެ އެކި ސަރަހައްދު ތަކަށް އެލާޓް ނެރެމުންނެވެ.
މިއަދުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވެފައިވަނީ އުތުރާއި މެދުތެރޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ. މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމުގައިވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.




ހިޔާލު
Met offeehun vidhaalheh nuvaane bunaani.. Sarahahdhu bodukuraaneekeenoon.. Bodusarahajdhakah elart neretni.