މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެއް

50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ދެކުނަށް ޔެލޯ އެލާރޓް ނެރެފި

50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ދެކުނަށް ޔެލޯ އެލާރޓް ނެރެފިއެވެ.

މެޓްއޮފީހުން ޔެލޯ އެލާރޓްނެރެފައިވަނީ މިރޭގެ 06:00 ން މިރޭގެ 09:00 އަށެވެ. އަތޮޅުން ފެށިގެން އައްޑޫސިޓީއަށް ނެރެފައިވާ މިޔެލޯ އެލާރޓްގައި އެލާރޓް ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.

ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މެޓްއޮފީހުން ބުނީ، ދެކުނުގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށެވެ. އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭކަމަށް މެޓްއޮފީހުން ބުނެފައިވެއެވެ.

"ހުޅަނގާއި ހުޅަނގުުއުތުރުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވައި ގަދަ ވުން އެކަށީގެން ވޭ." މެޓް އޮފީހުން ބުނެފައިވެއެވެ.

މީގެއިތުރުން މެޓްއޮފީހުން ބުނީ، ރާއްޖޭގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

އަދި އާންމުކޮށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށްވެސް މެޓްއޮފީހުން އިލްތިމާސްކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ