ޝާހްރުކް ޚާންގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި ނެޓްފްލިކްސް ގުޅިގެން ހެދި ބިރުވެރި ވެބް ސީރީޒް “ބެތާލް”ނެޓްފްލިކްސްއަށް އައިސްފިއެވެ. މިއީ ޝާހްރުކް އާއި ނެޓްފިލްކްސް ގުޅިގެން ގެނެސްދިން ދެވަނަ ވެބް ސީރީޒްއެކެވެ.
"ބެތާލް" ގައި ޖުމްލަ 4 އެޕިސޯޑު ހިމެނޭއިރު ކޮންމެ އެޕިސޯޑެއްގެ ދިގުމިނަކީ 50 މިނެޓެވެ. މި ސީރީޒް އިއްޔެ ނެޓްފްލިކްސް އަށް އައިސްފައިވާއިރު، މި ސީރީޒްގެ ވާހަކަ ލިޔެ ޑައިރެކްޓްކޮށްފައިވަނީ، ނެޓްފްލިކްސް އިން މީގެ ކުރިން ގެނެސްދިން ވެބް ސީރީޒް "ގައުލް" ގެ ޑައިރެކްޓަރު ޕެޓްރިކް ގްރަހަމް އެވެ.
ޒޮމްބީން އުޅޭ، ބިރުވެރި ހާދިސާތަކެއްގެ މައްޗަށް ހަދާފައިވާ މިސީރީޒް ޑައިރެކްޓްކޮށްފައި ވަނީ ޕެޓްރިކް ގްރަހަމާއި ނިކިލް މަހާޖަނެވެ. އަދި ސީރީޒްގެ މެއިން ކާސްޓުންނަކީ އަހާނާ ކުމްރާ އާއި ވިނީތު ކުމާރް ސިންގްއެވެ.
ޓްރެއިލާއިންވެސް ބިރުވެރި މަންޒަރުތަކެއް ފެނިގެންދާއިރު، މި ސީރީޒްގައި ކިޔައިދެނީ، “ބެތާލް” ނަމަކަށް ކިޔާ ތާރީޙީ ފަރުބަދައެއްގެ ވާހަކައެކެވެ. ޓްރެއިލާއިން ފެންނަ ގޮތުން، މި ފަރުބަދައިގެ އަޑީގައި އިންނަ ބަންދުވެފައިވާ “ޓަނަލް” އަކީ، ބިރުވެރި ކަންތައްތަކެއް ހިނގާ ތަނެކެވެ. އަދި އެ ފަރުބަދައިގެ ކައިރީ އޮންނަ ވިލެޖެއްގައި މީހުންވެސް ދިރިއުޅޭއިރު، ސަރުކާރުގެ މަސައްކަތަކަށް އެ ޓަނަލް ހުޅުވުމަށް ސިފައިންގެ ބަޔަކުދެއެވެ. އަދި އެ ވިލެޖުގައި ދިރިއުޅޭ މީހުންނާއި ދެކޮޅަށް އެ ޓަނަލް ހުޅުވައެވެ. އެހެންނަމަވެސް، ޓަނަލް ހުޅުވުމާއެކު ޓަނަލް ތެރެއިން ބިރުވެރި ކަންތައްތަކެއް ހިނގަން ފަށައެވެ.
ޝާހްރުކާއި ނެޓްފްލިކްސް ގުޅިގެން އެންމެ ފުރަތަމަ ގެނެސްދިން ސީރީޒަކީ ލީޑު ރޯލުން އިމްރާން ހާޝިމީ ފެނިގެންދިޔަ، 2018 ގައި ނުކުތް “ބާޑް އޮފް ބްލަޑް” އެވެ.




