އުމުރުން ދުވަސްވީ 3 މީހުން ރޭޕް ކުރަން އުޅުނު ފިރިހެނަކު ހައްޔަރުކޮށްފި

އުމުރުން ދުވަސްވީ 3 މީހުން ރޭޕް ކުރަން އުޅުނު ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑީއާ އޮފިސަލް ވިދާޅުވީ މެއި 28 ވަނަ ދުވަހު ހެނދުނު 10:35 ހާއިރު އައްޑޫ ސިޓީ މީދޫގައި 64 އަހަރުގެ އަންހެނަކު ރޭޕްކުރަން އުޅުނު މައްސަލައެއް ފުލުހުންނަށް ހުށައެޅުމާއިއެކު ފުލުހުން އެ މައްސަލަ ބެލިބެލުމުން އެމީހާ ހަމަ އެދުވަހު އިތުރު 2 އަންހެނަކަށް ޖިންސީ ގޯނާ ކޮށްފައިވާކަން އިނގިފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ ދެން އެމީހާ ޖިންސީ ގޯނާ ކޮށްފައިވަނީ އުމުރުން 66 އަހަރުގެ ދިވެހި އަންހެނަކަށާއި އުމުރުން 65 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން މެއި 28 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައި ވާކަމަށެވެ.

މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހްޤީޤު ކުރައްވަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
22216
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ