ދިވެހި ސިފައިންނަކީ މިއަދު އިޙްތިރާމާއި ލޯބި ލިބިފައިވާ ބައެއްކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވުމާއި ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެކަމަށް ރައްދު ދެއްވައިފިއެވެ.
ޝަހީމް ވިދާޅުވެފައިވަނީ ހަޤީޤަތުގައި ބަދަލުވީ ސިފައިންގެ އަގު ވައްޓާލި މީހުން ކަމަށާއ،ި ދިވެހި ސިފައިންނަކީ އަބަދުވެސް އިސްލާމް ދީނާއި ޤައުމަށް އެތައް ޤުރުބާނީއެއް ވެފައިވާ ބައެއްކަމަށެވެ. ޝަހީމް ވިދާޅުވެފައިވަނީ މިއަދު އެމީހުންނަށްވެސް ދިވެހި ސިފައިންގެ ޚިދުމަތް ގާތުން ފެނުމުން އާޝޯހް ވެފައިވާކަމަށެވެ.
Raajjeyge Sifainaki @MNDF_Official abadhuves islam Dheenaai Qaumah ethah Qurubaani eh vefaivaa bayeh. Rayyithun Loabivaa Rayyithun dheke loabivaa bayeh. Hageegathugai badhaluvee Sifainge agu vattaali meehun. Fahe,emeehunah ves gaaathun sifayinge Khidhumai fenuneema aashoakhuvee!
— Mohamed Shaheem Ali Saeed (@Mohamedshaheem1) May 29, 2020
ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އިއްޔެ ވިދާޅުވެފައި ވަނީ ދިވެހި ސިފައިންނަކީ ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ލިބިފައިވާ ބަޔަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ވެ ވަޑައިގެންނެވި ވަޢުދު ފުދިއްޖެކަމަށެވެ. އެގޮތުން މާރިޔާ ވިދާޅުވެފައިވަނީ މިއަދު ދިވެހި ސިފައިންނާއި ގުޅޭ ގޮތުން ރައްޔިތުން ޙިއްސާ ކުރާ އިޙްސާސްތަކުން މިކަން ޤަބޫލު ކުރާކަށެވެ.
މާރިޔާ މިހެން ވިދާޅުވެފައިވާއިރު، މާރިޔާގެ މި ވާހަކައަށް ސިފައިންގޭގެ ކުރީގެ ކެޕްޓަން އަލީ އިހުސާން ވެސް ވަނީ ފާޑުވިދާޅުވެ ރައްދު ދެއްވާފައެވެ. އެގޮތުން ކެޕްޓަން ޢަލީ އިޙްސާން ވިދާޅުވެފައިވަނީ ސިފައިން ބަދަލުނުވާކަމަށާއި، ބަދަލުވަނީ އޭރުގެ ސަރުކާރާއި އޮޕޮޒިޝަން ކަމަށެވެ. އަދި އެ ބަދަލާއެކު ސިފައިންނަށް ފާޅުގައި މުހާތަބު ކުރެވޭ ގޮތް ބަދަލުވީ ކަމަށެވެ.
"ސިފައިންނެއް ބަދަލެއްނުވޭ. ރައްޔިތުންނެއް ބަދަލެއްނުވޭ. ޚިދުމަތްވެސް ބަދަލެއް ނުވޭ. ބަދަލުވީ އޭރުގެ ސަރުކާރާއި އޮޕޮޒިޝަން" ޑިފެންސް މިނިސްޓަރ މާރިޔާގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ކެޕްޓަން ޢަލީ އިޙްސާން ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން، މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ސިފައިން ވަނީ ރައްޔިތުންގެ ޚިދުމަތުގައި ވަރުބަލިކަމެއް ޖެހިލުމެއް ނެތި މަސައްކަތްކޮށް ނަމޫނާ ދައްވާފައެވެ. މިއާއެކު ދިވެހި ރައްޔިތުންގެ ލޮއެއްބާއި ޝުކުރު ވަނީ ދިވެހި ސިފައިންނަށް ބަންޑުންވެފައެވެ.