ކޮވިޑް-19: ޕާކިސްތާނުން މިއަދު މިހާތަނަށް 4800 މީހުން ޕޮޒިޓިވްވެއްޖެ

ޕާކިސްތާނުން މިއަދު މިހާތަނަށް 4801 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

މިއަދު މިހާތަނަށް ޕާކިސްޓަނުގައި 4801 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު މިއީ މިހާތަނަށް އެގައުމުން އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ދުވަހެވެ. ދެން އެންމެ ގިނަ މީހުން އެގައުމުން ޕޮޒިޓިވް ވެފައިވަނީ އިއްޔެ އެވެ. އިއްޔެ އެގައުމުން ޕޮޒިޓިވް ވެފައިވަނީ 4065 މީހުންނެވެ.

މިއަދު މިހާތަނަށް ކޮވިޑް-19 ޖެހިގެން އެގައުމުން 82 މީހަކު މަރުވެފައިވާއިރު މިހާތަނަށް އެގައުމުން މިބަލި ޖެހިގެން މަރުވި މީހުންގެ އަދަދުވަނީ 1770 އަށް އަރައިފައެވެ.

ޕާކިސްތާނުގައި ކޮވިޑް-19 ޖެހުމަށްފަހު މިހާތަނަށް ރަނގަޅުވީ މީހުންގެ އަދަދު 30128 އަށް އަރާފައިވާއިރު މިއަދު މިހާތަނަށް އެގައުމުން 1205 މީހަކު ރަނގަޅުވެފައި ވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އެގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 85,264 އަށް އަރައިފައެވެ.

އެގައުމުގެ ސިއްހީ އިދާރާތަކުން މިހާތަނަށް ކޮވިޑް-19 އަށް 615,511 މީހުން ޓެސްޓުކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.

ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަދިވެސް ކޮންޓްރޯލް ކުރެވިފައި ނުވާއިރު ގިނަ ގައުމުތަކަކުން ލޮކްޑައުންގައި އޮތޮމަށްފަހު ވަނީ ލޮކްޑައުންއަށް ލުއިތައްވެސް ދޭން ފަށައިފައެވެ. އަދި ބައެއް ގައުމުތަކުން ދަނީ ބޯޑަރ ހުޅުވާލާނެ ކަން އިޢުލާން ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ