މުޅިދުނިޔެ ސިއްސުވާލި ނުރައްކާތެރި ވައިރަސް (ކޮވިޑް-19) ޖެހިގެން މަރުވި މީހުންގެ އަދަދު ހަތަރު ލައްކައަށް އަރައިފިއެވެ.
ކޮވިޑް-19ގެ މައުލޫމާތު ގެނެސްދޭ ވޯލްޑްމީޓާ ވެބްސައިޓުގައިވާގޮތުން، ޗައިނާގެ ވޫހާން ސިޓީން މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު ކޮވިޑް-19 ޖެހިގެން މުޅި ދުނިޔެއިން މިހާތަނަށްވަނީ 400,070 މީހުން މަރުވެފައެވެ. އަދި މި ރޯގާއަށް މުޅި ދުނިޔެއިންވަނީ 6,918,162 މީހުން ޕޮޒިޓިވުވެފައެވެ.
6.9 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 3,385,550 މީހުން މިހާރުވަނީ މިބަލިން ރަނގަޅު ވެފައެވެ. އަދި މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދަނީ 3,132,540 މީހުންނެވެ. ފަރުވާ ހޯދާ މީހުންގެ ތެރެއިން 3,078,943 މީހުންގެ ހާލަތު ރަނގަޅުއިރު ހާލަތު ގޯސްވެގެން 53,597 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
ކޮވިޑް-19 މިވަގުތު އެންމެ ބާރަށް ފެތުރޭ ފަސްގައުމާއި އެ ފަސްގައުމުގެ މައުލޫމާތު:
އެމެރިކާ: ޕޮޒިޓިވުވި: 1,976,455 މަރުވި: 111,691
ބްރެޒިލް: ޕޮޒިޓިވުވި: 651,980 މަރުވި: 35,211
ރަޝިޔާ: ޕޮޒިޓިވުވި: 458,689 މަރުވި: 5,725
ސްޕެއިން: ޕޮޒިޓިވުވި: 288,390 މަރުވި: 27,135
ޔޫކޭ: ޕޮޒިޓިވުވި: 284,868 މަރުވި: 40,465




