ރޭސިޒަމް ބަހުގެ މާނަކުރުން ބަދަލު ކުރުމަށް ހުށަހެޅި ކެނެޑީ މީޗަމް

ރޭސިޒަމް ބަހުގެ މާނަ ޑިކްޝަނަރީން ބަދަލުކުރަނީ

އެމެރިކާގެ މެރިއަމް-ވެބްސްޓަރ ޑިކްޝަނަރީގައި އޮންނަ ރޭސިޒަމް ބަހުގެ މާނަ ބަދަލުކުރަން ނިންމައިފިއެވެ.

މިގޮތަށް ނިންމައިފައިވަނީ، ކަޅު ނަސްލަށް ނިސްބަތްވާ އަންހެން ކުއްޖެއްގެ ހިޔާލަކަށެވެ. ރޭސިޒަމް ބަހުގެ މާނަކުރުން ބަދަލު ކުރުމަށް ހުށަހަޅައިފައިވަނީ ކެނެޑީ މީޗަމް ނަމަކަށްކިޔާ ޑްރޭކް ޔުނިވާރސިޓީން ދަސްވެނިވެފައިވާ ދަރިވަރެކެވެ.

މިގޮތުން މީޗަމް ހުށަހަޅައިފައިވަނީ ރޭސިޒަމް މާނަކުރުން މިހާރަށްވުރެ ފުޅާކުރުމަށާއި ރޭސިޒަމްގެ މާނައިގައި ވަކި ބަޔަކަށްވީތީވެ އިދާރާތަކުން ކުރާ ތަފާތު ކުރުން ހިމަނައިގެން ރޭސިޒަމްގެ މާނަކުރަން ޖެހޭ ކަމަށެވެ.

މީޗަމްގެ މި ހުށަހެޅުމާއި ގުޅިގެން މެރިއަމް-ވެބްސްޓަރ ޑިކްޝަނަރީގެ އެޑިޓަރަކުވަނީ މީޗަމްގެ ހުށަހެޅުން ބަލައި ގަންނަ ކަމާއި އަދި މިގޮތުގެ މަތިން ރޭސިޒަމްގެ މާނަކުރުމަށް ބަދަލުތައް ގެއްނާނެ ކަމަށް ބުނެފައެވެ.

އެމެރިކާގެ މެރިއަމް-ވެބްސްޓަރ ޑިކްޝަނަރީގައި ރޭސިޒަމް ނުވަތަ ނަސްލީ ތަފާތުކުރުން މާނަކުރާ ގޮތަށް ބަދަލުތަކެއް ގެނައުމަށް އެއްބަސްވެފައި މިވަނީ މުޅި އެމެރިކާގައި ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ކުރެވެމުންދާ ދަނޑީވަޅެއްގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ