ހެލޯ ކިޓީގެ ފައުންޑަރ ޝިންޓާރޯ ސޫޖީ ރިޓަޔަރ ކުރަނީ

ގިނަބަޔެއްގެ މަގުބޫލުކަން ހޯދައިފައިވާ ކާޓޫން ހެލޯ ކިޓީގެ ފައުންޑަރ ޝިންޓާރޯ ސޫޖީ އޭނާގެ ކުންފުނި ސަންރިއޯގެ ސީއީއޯ ކަމުން އިސްތިއުފާދީ މަސައްކަތުން ރިޓަޔަރ ކުރައްވަން ނިންމަވައިފިއެވެ.

އުމުރުން 92 އަހަރުގެ ސޫޖީ މިގޮތަށް ނިންމެވިކަން ހާމަކުރައްވައި ވިދާޅުވެފައިވަނީ ދެން ސަންރީއޯ ކުންފުނި ހިނގަވާނީ އުމުރުން 31 އަހަރުގެ ކާފަ ދަރިފުޅު ޓޮމޯކުނި ސޫޖީ ކަމަށެވެ.

މި ނިންމުން ވެގެންދާނީ ސަންރީއޯ ކުންފުނީގެ ހިނގުން 60 އަހަރުގެ ފަހުން އެހެން ފަރާތަކާއި ހަވާލުކުރެވޭ ފުރަތަމަ ފަހަރަށެވެ. ސަންރީއޯ ވުޖޫދަށް އައިސްފައިވަނީ 1960 ވަނަ އަހަރުގެ އޮގަސްޓް 10 ވަނަ ދުވަހުއެވެ. މިދުވަހުން ފެށިގެން ކުންފުނީގެ އެންމެ އިސްމީހެއްގެ ގޮތުން ހަރަކާތްތެރިވެފައިވަނީ ސޫޖީއެވެ.

ސަންރީއޯ ކުންފުނިން މީގެ 50 އަހަރު ކުރިން އުފެއްދި ގިފްޓް ކާޓޫން ހެލޯ ކިޓީވަނީ އެތައް ބިލިއަން ޑޮަލަރެއްގެ ފައިދާ އެކިގޮތްގޮތުން އެކުންފުންޏަށް ހޯދަދީފައެވެ.

އަލަށް ކުންފުނީގެ ހިނގުމާއި ހަވާލުވާ ޓޮމޯކުނި ސޫޖީއަކީ މިހާރުވެސް އެކުންފުނީގެ ހިނގުމުގައި އިސްދައުރެއް އަދާކުރައްވާ ބޭފުޅެކެވެ. ޓޮމޯކުނި ސޫޖީވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ކުންފުނީގެ ހިނގުމަށް ބޮޑެތި ބަދަލުތަކެއް ގެއްނާނެކަން ހާމަކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ