ކެމްޕެއިންގައި ޓުރަމްޕަށް ލިބުނު ފިނި ތަރުހީބުގެ ފަހަތުގައިވަނީ މީސްމީޑިއާގެ ބާރު ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

އެމެރިކާގެ އޮކަލަހާމާ ސުޓޭޓުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް ކުރިއަށް ގެންދެވި ކެމްޕެއިންގައި މަދުބަޔަކު ބައިވެރިވެފައިވަނީ މީސްމީޑިއާގައި މި ކެމްޕެއިން ހަރަކާތާއި ދެކޮޅަށް ކުރިއަށް ގެންދިޔަ ކަންތައްތަކުން ނޫންކަމަށް ޓުރަމްޕުގެ ކެމްޕެއިން ޓީމުން ބުނެފިއެވެ.

ޓުރަމްޕުގެ ކެމްޕެއިން ޓީމުން މިހެން ބުނެފައިމިވަނީ މީސްމީޑިއާ އެޕްލިކޭޝަން ޓިކުޓޮކުގައި ޓުރަމްޕް ރާވަވަމުން ގެންދިއަ ކެމްޕެއިން ޖަލްސާ ބޮއިކޮޓު ކުރުމަށް ގޮވާލައި ބޮޑު ކެމްޕެއިނެއް ކޮށްފައި ވަނިކޮށެވެ. މި ކެމްޕެއިންގައި ބައިވެރިވި ފަރާތްތަކުންވަނީ ޓުރަމްޕުގެ ކެމްޕެއިނަށް އޮންލައިންކޮށް ދޫކުރާ ގިނަ އަދަދެއްގެ ޓިކެޓު ގަނެ އެތަނަށް ނުދިއުމަށް ނިންމައިފައެވެ.

ޓުރަމްޕުގެ ކެމްޕެއިން ޓީމުން ބުނެފައިވަނީ އެ ޓީމުގެ ފަރާތުން ރޭވި ކެމްޕެއިން ހަރަކާތުގައި ބައިވެރިވުމަށް އެއް މިލިއަނަށްވުރެ ރިކުއެސްޓް ލިބިފައިވާ ކަމަށެވެ. ނަމަވެސް ފުރުސަތު ދީފައިވަނީ ދިރާސާކޮށް ބެލުމަށްފަހު ހަމައެކަނި ސައްހަ ރިކުއެސްޓު ތަކަށް އެކަނި ކަމަށެވެ. މިހެންކަމުން މީސްމީޑިއާގައި ހިނގި ދެކޮޅުވެރި އަމަލުތަކުން ކެމްޕެއިން ހަރަކާތައް އަސަރު ކޮށްފައި ނުވާކަމަށެވެ.

އޮކަލަހާމާ ސުޓޭޓުގައި ޓުރަމްޕުގެ ކެމްޕެއިން ހަރަކާތް ބޭއްވުމަށް ހިފައިފައިވާ ތަނަކީ 19،000 މީހުންގެ ޖާގައިގެ ތަނެކެވެ. އަދި އެތަން ތައްޔާރުކޮށްފައި އޮތީ ބޭރުގައިވެސް މީހުން ތިބެވޭ ގޮތަށެވެ. ނަމަވެސް މި ކެމްޕެއިން ހަރަކާތައް ދިޔަކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ 6،000 މީހުންނެވެ.

ޓުރަމްޕުގެ ކެމްޕެއިން ހަރަކާތުގައި ބައިވެރިވި ފަރާތްތަކުގެ އަދަދު މަދުވެފައިވަނީ މީސްމީޑިއާގައި މި ކެމްޕެއިން ހަރަކާތާއި ދެކޮޅަށް ކުރެވުނު މަސައްކަތްތަކުގެ ސަބަބުން ނޫންކަމަށް ޓުރަމްޕުގެ ކެމްޕެއިން ޓީމުން ބުނިނަމަވެސް ގިނަ ބަޔަކު އަންނަނީ މީސްމީޑިއާގައި ކުރެވުނު ކެމްޕެއިން ޓުރަމްޕް ކުރެއްވި ކެމްޕެއިނަށްވުރެ މާބޮޑަށްވެސް ކާމިޔާބުކަމަށްބުނެ ޓުރަމްޕަށް ފާޑު ކިޔަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ