ހޮނުއަޅައިގެން އިންޑިއާއިން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ފާއިތުވެދިޔަ ދުވަސްތަކުގެ ތެރޭގައި އިންޑިއާއަށް ހޮނުއެޅުމުގެ ހާދިސާތަކުގައި 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އުތުރުގެ ބިހާރު ސުޓޭޓުގެ ޑިޒާސްޓަރ މެނޭޖްމެންޓު ޓީމުން ބުނެފައިވަނީ ހޮނުއެޅުމުގެ ހާދިސާތަކާއި ގުޅިގެން އެ ސުޓޭޓުން 83 މީހުން މަރުވެ 20 މީހަކަށް ހޮސްޕިޓަލުތަކުގައި ފަރުވާދީފައިވާ ކަމަށެވެ.

މީގެއިތުރުން އަވަށްޓެރި އުއްތަރަ ޕުރަދޭޝްގައިވެސް ހޮނުއެޅުމުގެ ހާދިސާތަކާއި ގުޅިގެން މަދުވެގެން 20 މީހުން މަރުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މޫސުމީ ވިއްސާރައާއި ގުޅިގެން ހޮނުއެޅުމަކީ އިންޑިއާގައި އާންމު ކަމެކެވެ. މިފަހަރުގެ ވިއްސާރައާއި ގުޅިގެން މިނޫންވެސް އިތުރު ބޮޑެތި ގެއްލުންތައްދަނީ އިންޑިއާއަށް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ