އަލްޙަމްދުލި ﷲ! މާލޭ ޖަލުން ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވް

މާލޭ ޖަލުގައި މަސައްކަތް ކުރާ އީއެސްޖީ އޮފިސަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ޖަލުން ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވްވެފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރޮޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

އަހުމަދު މުހައްމަދުފުޅު މިހެން ވިދާޅުވީ، ދާދީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.

މިގޮތުން މާލޭ ޖަލުގެ އީއެސްޖީ އޮފިސަރ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 20 ޖޫން 2020 ގައެވެ. އަދި މިކަމާ ގުޅިގެން ކަރެކްޝަން އިން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލުކޮށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާ ގުޅިގެން، ހަމަ އެ ދުވަހު ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މާލޭ ޖަލުން 101 ސާމަޕަލް އެ ވައިރަހަށް ޓެސްޓުކުރުމަށް ވަނީ ނަގާފައެވެ.

މީގެ ތެރޭގައި 70 އޮފިސަރުންނާއި މުވައްޒަފުން، 24 ޤައިދީންނާއި ބަންދުމީހުންގެ އިތުރުން 7 ވެއިޓަރުން ހިމެނޭ ކަމަށް ކަރެކްޝަނަލް ސަރވިސްއިން ހާމަކުރެއެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ