ސްޓެލްކޯ - ފޮޓޯ: ސަން

ޖޫން މަހުގެ ކަރަންޓު ބިލުން ވެސް 40 ޕަސެންޓް ކުޑަކޮށްފި

ޖޫން މަހުގެ ކަރަންޓު ބިލުން ވެސް 40 ޕަސެންޓް ކުޑަކޮށްފިއެވެ.

މިއަަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯ އިންވަނީ ޖޫން މަހުގެ ކަރަންޓް ބިލަށްވެސް 40 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކޮށްފައެވެ.

ސްޓެލްކޯއިން މިހެން ނިންމާފައިވަނީ ކަރަންޓްބިލް ބޮޑުވެ، އެކަމުގެ ޝަކުވާ އާންމުން ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެހެންނަމަވެސް ސްޓެލްކޯއިން ވިދާޅުވީ، ކުރީ ދެމަހުގެ ބިލްތަކާއި އަޅައި ބަލާއިރު މިދިޔަ މަހު ބޮޑުތަފާތެއް ބިލުން ފެންނަނީ ކޮވިޑް ޑިސްކައުންޓް ކަނޑައިލުމުން ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، މިމަހު ގޭތަކަށް ފޮނުވި ބިލަކީ އެންމެ އެކިއުރޭޓް ބިލް ނޫން ކަމަށް ޤަބޫލުކުރާކަމަށާއި، ކަރަންޓް ބިލާއި ގުޅޭ ގޮތުން މައުލޫމާތު ސަރުކާރާއި ހިއްސާ ކޮށްފައިވާނެކަމަށެވެ.

އަދި ޖޫން މަހުގެ ކަރަންޓް ބިލް ސަބްސިޑައިޒަ ހިމަނައިގެން އިސްލާހް ކުރުމަށްފަހު އަލުން ގޭތަކަށް ބިލްތައް ފޮނުވާނެ ކަމަށްވެސް މުޣުނީ ވިދާޅުވިއެވެ.

ސަރުކާރުން މިދިޔަ އޭޕްރިލް މަހާއި މެއި މަހުގެ ކަރަންޓް ބިލް ކުޑަކޮށްފައިވަނީ ކޮވިޑް-19 ގެ ސަބަބުން ގިނަ ބަޔަކަށް ދަތިތަކެއް ދިމާވެދާނެތީ ލުޔެއް ދިނުމުގެ ގޮތުންނެވެ. އެގޮތުން އެދެމަހުގެ ކަރަންޓް ބިލުން 40 އިންސައްތަ ކުޑަކުރުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. މީގެއިތުރުން ކަރަންޓު ބިލު އިންސްޓޯލްމަންޓަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމުވެސް ސްޓެލްކޯއިންވަނީ ހަމަޖައްސަވާފައެވެ.

ސްޓެލްކޯ އިން މިގޮތަށް ނިންމާފައިވާއިރު، އިދިކޮޅުންވަނީ "ކަރަންޓުން ވެސް ވައްކަން" ނަމުގައި މިރޭ އެއްވުމެއް ބޭއްވުމަށް ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ