ފިލިޕީންސް ރައްޔިތުންތަކެއް ނުކުމެ މާލެ އަތޮޅު މާފުށީ ގޮނޑުދޮށް ސާފުކޮށްފިއެވެ.
ފިލިޕީންސްގެ ރައްޔިތުންތަކެއް މާފުށީ ގޮނޑުދޮށް ސާފުކުރަމުންދާ ފޮޓޯތައް މީސްމީޑިއާގައި މިހާރު ދައުރުވާންފަށާފައިވާއިރު، އެމީހުންނަށް ތަޢުރީފުކޮށް ގިނަ ބަޔަކުދަނީ މި ފޮޓޯތައް ޝެއާރ ކުރަމުންނެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި މިމީހުން މިމަސައްކަތަށް ނުކުމެފައިވަނީ ވަރަށް ތައްޔާރު ވެގެންނެވެ. އެގޮތުން ބައިވެރިން އަތަށް އަންގި ލައްވާ ޑަސްބިން ބޭގާއެކު ޙަރަކާތްތެރިވަމުންދާތަށް ފޮޓޯތަކުން ފެންނަމުންދެއެވެ. ފޮޓޯތަކުން ފެންނަނީ މިޙަރަކާތުގެ ބައިވެރިން މާފުށީ ގޮނޑުދޮށުން ޕްލާސްޓިކް ފުޅި ހޮވާ، ގޮނޑުދޮށް ރީތިކުރާ މަންޒަރެވެ.


މިފަދަ މަންޒަރުތަކަކީ ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ކިބައިން އަބަދުވެސް ފެންނަމުންދާ މަންޒަރުތަކެވެ. ތިމާވެއްޓަށް ފަތުރުވެރިން ކުރާ ލޯބި ޢަމަލުންވެސް އަބަދުވެސް ދައްކައެވެ. އެގޮތުން އެވެންޖާސްގެ ފިލްމުތަކުން މަޝްޙޫރުވި ތޯރވެސް ވަނީ ރާއްޖެއަށް ޒިޔާރަތްކޮށް ގޮނޑުދޮށުން ޕްލާސްޓިކް ފުޅި ހޮވާ ގޮނޑުދޮށް ސާފުކޮށްފައެވެ.
View this post on InstagramA post shared by AFFORDABLE MALDIVES HOLIDAYS (@indulge.maldives) on
މީގެއިތުރުން ދިވެހިންވެސް ޖަމްޢިއްޔާތަކުންނާއި، ޒުވާނުން އިސްނަގައިގެން ރާއްޖޭގެ މިރީތި ރީތި ގޮނޑުދޮށްތަށް ސާފުކުރަމަށް ޙަރަކާތްތައް ބާއްވަމުންދާކަންވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން ގޮނޑުދޮށްތައް ސާފުކުރުމަށް ޓްވީޓްސާފުން މިދިޔަ އަހަރުގެ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގި ޙަރަކާތްތައް ފާހަގަކޮށްލެވެއެވެ. އެއަހަރު ޓްވީޓުސާފުން ޖޯޝުގައި ނުކުމެ ހުޅުމާލެ ގޮނޑު ދޮށާއި އައްޑޫ ސިޓީގެ ގޮނޑުދޮށުގެ އިތުރުން ވިލިގިނލީގެ ގޮނޑުދޮށްވެސްވަނީ ސާފުކޮށްފައެވެ.
Our #TrashTroopers were out there today with @SavetheBeachVM, volunteers from China and China Maldives Cultural Association. #FarudheeZimmaa pic.twitter.com/9J6CLOHllI
— ޓްވިޓްސާފު (@TwitSaafu) November 22, 2019



