ނަމާދުގައި ހޭދަވާ ކުޑަވަގުތު ކޮޅަށްޓަކައި ކޮރޯނާ އެއްގެ ބިރުވެރިކަން ވައްދަން އުޅޭ އުޅުން އެއީ ހަމަޖެހޭކަމެއް ނޫން ކަމުގައި މައްޝޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައި މިވަނީ ޖަމާޢަތުގައި ނަމާދު ކުރާއިރު ދުރު ދުރުގައި ސަފު ހެދުން ރަނގަޅު ކަމަށް ވިދާޅުވެ ރައީސް މަޢުމޫން ވާހަކަފޅު ދެއްކެވުމާއި ގުޅިގެންނެވެ.
މަޢުމޫން ވިދާޅުވެފައިވަނ ީޖަމާޢަތުގައި ނަމާދު ކުރާ އިރު އެންމެ ރަނގަޅު ގޮތަކީ ކައިރި ކައިރީގައި ތިބުން ކަމުގައި ވިޔަސް، އެކަށީގެންވާ ސަބަބަކަށް ޓަކާ ދުރު ދުރުގައި ތިއްބަސް ނަމާދު ޞައްޙަ ވާނެކަމަށާއި މިހާރު ދިމާވެގެން މިއުޅެނީ އެފަދަ ސަބަބެއްކަމަށެވެ. އަދި ދުނިޔޭގެ އެހެން އިސްލާމީ ޤައުމު ތަކުގައިވެސް މިދުވަސް ކޮޅު ޖަމާޢަތުގައި ސަފު ހަދަނީ ގައިދުރުކުރުމުގެ އުޞޫލާ އެއްގޮތްވާ ގޮތުމުގެ މަތިންކަމުގައިވެސް މަޢުމޫން ވަނީ ވިދާޅުވެފައެވެ.
މަޢުމޫންގެ ވާހަކަ ފުޅާއި ގުޅިގެން ޑރ. އިޔާޒް ވިދާޅުވެފައިވަނީ ކޮފީގައި އެތައް ގަޑި އިރެއް ހޭދަ ކުރެވޭކަމަށާއި އަދި ދުރު ކަމެއްވެސް ނުހުންނަކަމަށެވެ. "އެއީ ބޮޑު ކަމަކަށް ވެގެން ނުވެސް އުޅޭ، އެކަމު ނަމާދުގައި ހޭދަވާ ކުޑަވަގުތުކޮޅަށް ޓަކައި ކޮރޯނާ އެއްގެ ބިރުވެރިކަން ވައްދަން އުޅޭ އުޅުން އެއީ ހަމަޖެހޭ ކަމެއް ނޫން" ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
ކޮފީގައި އެތައް ގަޑި އިރެއް ހޭދަވާ ކުރެވޭ. ގައިދުރު ކަމެއް ނުހުރޭ. އެއީ ބޮޑު ކަމަކަށް ވެގެން ނުވެސް އުޅޭ، އެކަމު ނަމާދުގައި ހޭދަވާ ކުޑަވަގުތުކޮޅަށް ޓަކައި ކޮރޯނާ އެއްގެ ބިރުވެރިކަން ވައްދަން އުޅޭ އުޅުން އެއީ ހަމަޖެހޭ ކަމެއް ނޫން.
— Dr Mohamed Iyaz (@dr_iyaz) July 11, 2020
އިޔާޒް ވިދާޅުވެފައިވަނީ ގައިދުރުކޮށް ޞަފު ހަދަން ބުނާ ސަބަބަކީ ބަލި ފެތުރުމުގެ ބިރުވެރިކަން އޮތުން ކަމަށް ވަނީނަމަ، މާސްކް އެޅުމުން ނުވަތަ 15 މިނިޓަށް ވުރެ އަވަހަށް ނަމާދު ނިންމައިފި ނަމަ އެޗްޕީއޭގެ މިންގަނޑަށް ފެތޭނެކަމަށެވެ. އެހެން ކަމުން ގައިދުރު ކޮށް ޞަފު ހަދަން ޖެހޭ ސަބަބެއް ނެތްކަމުގައި އިޔާޒް ވަނީ ވިދާޅުވެފައެވެ.
އިޔާޒް އިތުރަށް ވިދާޅުވެފައިވަނީ ކޮރޯނާ އަކީ އަނގައިގެ ކުޅުން ނުވަތަ ނޭވާލާއިރު ނިކުންނަ ވައިން އަނެކާގެ ގަޔަށް އަރާ ބައްޔެއް ކަމަށް ޑރ އިން ވިދާޅުވާކަމަށާއި އެހެންކަމަށްވަނީނަމަ، ނަމާދުކުރާ އެންމެން މާސްކް އަޅައިގެން ތިބީމަ އެކަންތަކުން ސަލާމަތްކަން ލިބޭނެކަމަށެވެ. އަދި ނަމާދަށް ތިބޭ އިރު ގައިދުރުކަން ބަހައްޓާކަށްވެސް ނުޖެހޭކަމަށްވެސް އިޔާޒް ވިދާޅުވެފައިވެއެވެ.




ހިޔާލު
އެިކި ގައުމުތަކުން ކިޔައިގެން ތިއްބެވި ބޭފުޅުންގެ ތެރޭގައި ދީނުގެ އެކިކަންކަމުގަ ޚިޔާލުތަފާތުވެއި، ނަމަވެސް އަޅުގަނޑުމެން ބުރަވާންޖެހޭނީ جمهور غلم ވެރިންގެ ރަޢުޔަށް ސޭކު އިޔާޒު އަކީ ހުރިހާކަމެއްގަވެސް ޖުމްހޫރު ދަންނަބޭކަލުންނާއި،ހުރިހާކަމެއްގަވެސް ޚިޔާލު ތަފާތު ބޭފުޅެއް އެގޮތުން އެއްމިސާލެއް; ޕާކިސްތާނުގެ ފިރިހެނަކު އޭނާގެ އަނބިމީހާ ރޭޕްކުރުމުގެ ސަބަބުން މުޅިދުނިޔެ އެކަމަކަށް ސަމާލުކަމަށް އައުމުންވެސް ޅަކްތަރުއިޔާޒު ސޯސަލްމީޑިއާގަ ފަޅާލީ އެމީހެއްގެ އަމިއްލަ އަނބިމީހާ ރޭޕްނުކުރެވޭނެކަމަށް ނަމަވެސް މިމައްސަލާގަ ޅަކްތަރުއިޔާޒު އަށް ހިފަހައްޓާނުލެވިގެން އެންމެ ފަހުން މަޢފައްއެދި އަމާންދޭން މަޖުބޫރުވި ޗޮއްޕަޑަ އިޔާޒު