ފޮޓޯ:އެމްއެންޑީއެފް

ކޮވިޑް-19: ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ކޮވިޑް-19 ޖެހިގެން އުމުރުން 79 އަހަރުގެ ދިވެހި އަންހެނަކު މިއަދު ނިޔާވެފައިވާކަމަށެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކުރި މިމީހާ ނިޔާވެފައިވަނީ މިއަދު ހަވީރު 05:05 ގައިކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

މިއީ ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި 14 ވަނަ މީހާއެވެ. އޭގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި 6 ބިދޭސީންނެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ފަސް މީހުންނާއި ފިލިޕީންސް މީހެކެވެ.

"މިހާރު" ގައި ބުނެފައިވަނީ މިއަދު ނިޔާވި މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވީ އައިޖީއެމްއެޗް ކްލަސްޓާ އިން މިމަހުގެ 4 ވަނަ ދުވަހު އެވެ.

މީގެކުރިންވެސް އައިޖީއެމްއެޗްގެ ކްލަސްޓާ އިން ޕޮޒިޓިވްވި އިތުރު މީހަކު ނިޔާވެފައިވާއިރު، އުމުރުން 80 އަހަރުގެ އެ މީހާ ނިޔާވެފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ.

ކޮވިޑް-19ގެ އެހެނިހެން ތަފާސްހިސާބުތަކަށް ބަލައިލާއިރު ރާއްޖެއިން މިހާތަނަށް މިބައްޔަށް 2762 މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި 2،290 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު، މިހާރު މިބައްޔަށް ފަރުވާދެމުންދަނީ 382 މީހުންނަށެވެ.

ކޮވިޑް-19ގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުނުތާ މިއަދަށްވަނީ 129 ދުވަސް ވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ