އުމުރުން 47 އަހަރުގެ ޑެނިއަލް ލުވިސް ލީ

އެމެރިކާގައި 17 އަހަރަށްފަހު މަރުގެ ހުކުމް ތަންފީޒު ކޮށްފި

އެމެރިކާގައި 17 އަހަރަށްފަހު މަރުގެ ހުކުމް ތަންފީޒު ކޮށްފިއެވެ.

މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ އާއިލާއެއްގައި ހިމެނޭ ތިން މީހުންނަށް އަނިޔާކޮށް މަރާލުމުގެ ކުށް ސާބިތުވެފައިވާ އުމުރުން 47 އަހަރުގެ ޑެނިއަލް ލުވިސް ލީ އަށެވެ.

ލީ މަރާލައިފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތުގައި އިންޖެކްޝަން ޖަހައިގެން އެމެރިކާގެ އިންޑިއާނާ ސްޓޭޓުގެ ޓެރަ ހޮޓް ސިޓީގައެވެ. ލީގެ އާއިލާ ބަޔެއް މެންބަރުންވަނީ ކޮވިޑް-19ގެ ސަބަބުން ހުކުމް ތަންފީޒުކުރާ ތަނަށް ހާޟިރުވާން އުޒުރުވެރިވާތީވެ މަރުގެ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް އެދިފައެވެ.

ލީގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަކާލާތުކުރި ވަކީލުންވަނީ އިންޖެކްޝަން ޖަހައިގެން މަރުގެ ހުކުމް ތަންފީޒުކުރުމާއި ދެކޮޅަށް ވަކާލާތު ކޮށްފައެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ވޯޓުން ފާސްކޮށްފައިވަނީ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ރާވާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށެވެ.

ލީގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައިވަނީ 1996 ވަނަ އަހަރު އެމެރިކާގެ އާރކެންސާ ސްޓޭޓުގެ އާއިލާއެއްގެ ތިންމީހުންނަށް އަނިޔާކޮށް މަރާލައި އަދި އެ ތިންމީހުން ލޭކަކަށް ފެއްތި މައްސަލަ ސާބިތުވެގެންނެވެ.

 

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ