އިންޑިއާއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި 50 މީހުން މަރުވެއްޖެ

އިންޑިއާގެ އިރުއުތުރުގެ ސަރަހައްދުތަކަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި އައްސާމް ސްޓޭޓުން 50 ވުރެ ގިނަ މީހުން މަރުވެ ދެ މިލިއަން މީހުންނަށް މި ވިއްސާރައިގެ އަސަރު ކޮށްފިއެވެ.

މޫސުމީ މި ބޯވިއްސާރައިގެ ސަބަބުން އެތައްހާސް އަވަށެއްގައިވަނީ މީހުން ދިރި ނޫޅެވޭ މިންވަރަށް ފެންބޮޑުވެފައެވެ. ފެންބޮޑުވުމުގެ ސަބަބުން މި އަވަށްތަކުގައި ދިރިއުޅޭ ފަރާތްތައް މިހާރުވަނީ އެހީ ފޯރު ކޮށްދިނުމަށް ހަދައިފައިވާ އެތައްސަތޭކަ ރިލީފް ކޭމްޕްތަކަށް ބަދަލު ކޮށްފައެވެ.

އިންޑިއާގެ އިރުއުތުރުގެ ސަރަހައްދުތަކަށް އަހަރުގެ މިދުވަސްތަކުގައި ބޯކޮށް ވާރޭވެހުމަކީ އާންމު ކަމެކެވެ. ނަމަވެސް، މިފަހަރު މޫސުމީ ވިއްސާރައިގެ ގެއްލުންތައް އިންޑިއާއަށް ކުރަން ފަށައިފައި މިވަނީ ކޮވިޑް-19 އާއި ދެކޮޅަށް އެގައުމުން ބޮޑު ހަނގުރާމައެއް ކުރަމުންދާ ދުވަސްވަރަކާއެވެ.

ދެކުނު އޭޝިއާ ސަރަހައްދަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާތައް ހިނގާ، އެކަމުގެ އަސަރު، 4 މިލިއަނެއްހާ މީހުންނަށް ފޯރާފައިވާކަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.

އިންޑިއާގެ އިތުރުން ދެން މި ވިއްސާރައިގެ ސަބަބުން އެންމެ ބޮޑު އެއް ގެއްލުމެއް ލިބުނު ގައުމަކީ ބަންގުލަދޭޝްއެވެ. މިގޮތުން މޫސުމީ ވިއްސާރައިގެ ސަބަބުން ބަންގުލަދޭޝްގެ ބޮޑު ސަރަހައްދެއްގައި މިހާރުވަނީ ފެންބޮޑުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ