ރ. ވާދޫ ބަނދަރުގައި އޮތް ދޯންޏެއް ދިޔަވެ އަޑިއަށްދާތީ އެރަށުގެ ރައްޔިތުން ޙަރަކާތްތެރިވާން ފަށައިފިއެވެ.
މިނޫހަށް ވާހަކަ ދައްކަމުން ވާދޫ ކައުންސިލްގެ ރައީސް ޙުސައިން ޢަލީ ވިދާޅުވީ، އެރަށުގައި ބަނދަރުގައި އޮތް ދޯންޏެއް ދިޔަވާތީ، އެދޯނީގައި ހުރި މުދާތައް ހުސްކުރުމުގައި އެރަށުގެ ރައްޔިތުން ޙަރަކާތްތެރިވަމުން ދާކަމަށެވެ. ދޯނި އަޑިއަށް ދަނީ ލިބުނު ގެއްލުމަކުން ކަމަށާއި، ގެއްލުމުގެ ތަފްޞީލެއް އަދި ނޭނގޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޙުސައިން ވިދާޅުވީ، އެދޯންޏަށް ގެއްލުން ލިބިފައިވަނީ އެހެން ރަށެއްގެ ބަނދަރުން ނުކުންނަށް އުޅުމުގެ ތެރޭގައިކަމަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ތްރީއެލް ކޮންސްޓްރަކްޝަންގެ 'އާހިޔާ' ނަކަމަށްކިޔާ މިދޯންޏަށް ގެއްލުންވެފައިވަނީ ރ. އަނގޮޅިތީމު ފަޅުން ނުކުންނަން އުޅުމުގެ ތެރޭގައެވެ. އަދި މިދޯންޏަކީ ހިލައާއި ހިލަވެލީގެ އިތުރުން ސިމެންތިން ބަރުކޮށްފައިވާ ދޯންޏެއްކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

(ތަފްޞީލް އަންނަނީ)




