ލ. މާބައިދޫގެ ނެރު ހެދުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިމިއްޖެ

ލ. މާބައިދޫގެ އާ ނެރު ހެދުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިނަމާލެވިއްޖެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މި މަސައްކަތުގެ 79 ޕަސެންޓް ނިންމާލެވިފައިވާކަމަށާއި މި މަޝްރޫޢުގެ ތެރެއިން ކުރީގައި ކަނޑާފައި އިން ނެރު ބަންދު ކުރުމުގެ މަސައްކަތާއި އާ ނެރެއް ކެނޑުމުގެ މަސައްކަތްވެސް ވަނީ ނިންމާލެވިފައިކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ. އަދި ބްރޭކްވޯޓަރ ހެދުމުގެ މަސައްކަތުގެ 63 ޕަސެންޓް ނިންމައި އެއްގަމު ތޮށިން ބޭރު ތޮއްޓަށް އަރާ ފާލަމުގެ ސްލެބް އެޅުމުގެ ތައްޔާރީ މަސައްކަތް ވަނީ ފަށާފައިކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 17،503.96 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 253 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓަރ ލުމާއި، 19 މީޓަރުގެ ސަރަހައްދެއްގައި ސަބް މަރޖް ބްރޭކްވޯޓަރ ލުމާއި، 83 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި ފާލަން އެޅުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީ އިން މައުލޫމާތުދީފައިވެއެވެ.

ފޮޓޯ: އެމްޓީސީސީ

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ ލ. މާބައިދޫގެ އާ ނެރު ހެދުމުގެ މަޝްރޫޢަކީ 16.4 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 02 ނޮވެމްބަރ 2019 ގައެވެ. އަދި މަޝްރޫޢު ނިމޭނެ ކަމަށް ލަފާ ކުރެވެނީ އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާ ތެރޭގައިކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ