ބ.ތުޅާދޫ

ތުޅާދޫ ކޯޓަށް ބޮޑުފިނޮޅުގެ މައްސަލަ ނުބެލޭނެ - އާރުއައިއެކްސް

ބ.ތުޅާދޫ ކޯޓަށް ބޮޑުފިނޮޅުގައި ތިބި ބިދޭސީ މަސައްކަތްތެރީންގެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެން ނުވާކަމަށް އާރު.އައި.އެކްސް ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނ،ީ ބޮޑުފިނޮޅުގައި ތިބި ބިދޭސީންނާ ރިޒް ޕްރައިވެޓް ލިމިޓެޑުން ހަވާލުވުމަށް ތުޅާދޫ މެޖިސްޓްރޭޓުން ނެރުނު ވަގުތީ އަމުރަކީ، އެ ކޯޓުގެ ޤާނޫނީ އިޚްތިޞާޞްގެ ބޭރުން ނެރެފައިވާ އަމުރެއް ކަމަށްބުނެ، އާރުއައިއެކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ލޯކްރާފްޓް ލޯފާމުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

އާރުއައިއެކްސް އިން ބުނެފައިވަނީ މި މައްސަލައިގައި ތުޅާދޫ ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނީ މައްސަލައިގައި އެ ކުންފުނިން ހުށަހެޅި6 އިޖުރާއީ ނުކުތާގެ ތެރެއިން5 ނުކުތާއަށް ގޮތެއް ނުނިންމާ ކަމަށެވެ.

"އިޖުރާއީ ނުކުތާގެ ތެރެއިން މުޅި މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭ އެއްކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވާ އިޚްތިޞާޞްއާ ގުޅޭ ނުކުތާއާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅާފައިނުވޭ. އެއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 69 ވަނަ
މާއްދާގެ (ހ) ގެ ދަށުން ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއްނޫންކަމަށްބުނެ ނަގާފައިވާ އިޖުރާއީ ނުކުތާއެއް." އާރުއައި އެކްސްގެ ވަކީލުންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އާރުއައިއެކްސްގެ ވަކީލުން ވިދާޅުވީ، މިނުކުތާއާމެދު ގޮތެއް ނިންމާފައިނުވާ ކަމަށް ޤަބޫލުކުރެވެނީ، މިނުކުތާއާމެދު ގޮތެއް ނިންމާނަމަ، މި މައްސަލަ އަކީ ތުޅާދޫ ކޯޓަށް ބެލޭނެ މައްސަލައެއްނޫން ކަމަށް ކަނޑައަޅަންޖެހޭތީ އެޙާލަތުގައި ސީލް މޯލްޑިވްސްގެ ފަރާތުން އެދިފައިވާ ވަގުތީ އަމުރަށް ގޮތެއް ނިންމަންނުޖެހި މައްސަލަ ކޯޓުން ބޭރުކޮށްލަންޖެހިދާނެތީ ކަމަށް ބެލެވޭ ކަމަށެވެ.

(އިތުރު ތަފްސީލު އަންނަނީ)

 

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ