17 އަހަރަށްފަހު އެމެރިކާގެ މައި ސަރުކާރުން ދެވަނަ މީހެއްގެ މައްޗަށް މަރުގެ ހުކުމް މިއަދު ތަންފީޒު ކޮށްފިއެވެ.
މަރުގެ ހުކުމް ތަންފީޒު ކޮށްފައިވަނީ މީހަކު މެރިކަމުގެ ކުށް ސާބިތުވެފައިވާ އުމުރުން 68 އަހަރުގެ ވެސްލީ ޕާރކޭގެ މައްޗަށެވެ. ޕާރކޭގެ މައްޗަށް މިއަދު މަރުގެ ހުކުމް ތަންފީޒު ކޮށްފައިވަނީ ދަށު ކޯޓުން މަރުގެ ހުކުމް ތަންފީޒު ނުކުރަން ކޮށްފައިވާ އަމުރު ސްޕްރިމް ކޯޓުގެ އަގުލަބިއްޔަތުން ބާތިލު ކޮށްގެންނެވެ.
މިއީ ދަށު ކޯޓުން ކޮށްފައިވާ އަމުރު ސުޕްރިމް ކޯޓުން ބާތިލު ކުރުމަށްފަހު މިހަފްތާގެ ތެރޭގައި މަރުގެ ހުކުމް ތަންފީޒުކުރި ދެވަނަ މީހާއެވެ. އެންމެ ފުރަތަމަ މިގޮތަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައިވަނީ އުމުރުން 47 އަހަރުގެ ޑެނިއަލް ލުވިސް ލީގެ މައްޗަށެވެ.
މިއަދު މަރުގެ ހުކުމް ތަންފީޒުކުރި ޕާރކޭއަކީ 2003 ވަނަ އަހަރު އެމެރިކާގެ މިސޮރީގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރުމަށްފަހު މަރާލި މައްސަލައިގައި މަރުގެ ހުކުމް އިއްވައިފައިވާ މީހެކެވެ. ޕާރކޭވަނީ މި ކުޑަ އަންހެން ކުއްޖާގެ ބަޔެއް ގުނަވަންތައް ބުރިކޮށް އަދި ހަށިގަނޑުގެ ބަޔެއް ބައިތައް އަންދަންވެސް އަންދައިފައެވެ.
ޕާރކޭގެ ގާނޫނީ ވަކީލުންވަނީ އޭނާއަކީ ސިކުޑީގެ ބަލި ހުންނަ މީހެއް ކަމަށާއި އަދި އޭނާއަށް އިއްވައިފައިވާ ހުކުން އޭނާއަށް ނޭންގޭނެ ކަމަށްބުނެ މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓުވުމަށް ވަކާލާތު ކޮށްފައެވެ.
އެމެރިކާގެ ފެޑެރަލް ސަރުކާރުން 2003ގެ ފަހުން މަރުގެ ހުކުމް ތަންފީޒު ކޮށްފައި ނަމަވެސް އެގައުމުގައި ސްޓޭޓް ފެންވަރުގައި އެހުކުމް އަންނަނީ ތަންފީޒު ކުރަމުންނެވެ. މިގޮތުން ޓެކްސަސްގައި 500 އަށްވުރެ ގިނަ މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒް ކޮށްފައި ވެއެވެ.




