މޫސުން ގޯސްވެ ހއ. އަތޮޅުން ޅ.އަތޮޅަށް، މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ.
މިއަދު މެޓް އޮފީހުން ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މޯލްޑިވްސް މީޓިއޮރޮލޮކިލް ސަރވިސް އިން މި ދެއަތޮޅަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 07:45 އިން 12:00 ގެ ނިޔަލަށެވެ.
މީގެ ހަ ގަޑިއިރެއްހާއިރު ކުރިން، މެޓް އޮފީހުން ވަނީ، ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ޅ.އަތޮޅަށް ހުދު އެލާޓްވެސް ނެރިފައެވެ.
Yellow Alert for Torrential rain pic.twitter.com/AcCWH0uDz4
— Maldives Meteorology (@MetMaldives) July 17, 2020
މި ދުވަސް ވަރަކީ ރާއްޖެއަށް ވިއްސާރަކޮށް މޫސުން ގޯސް ދުވަސްވަރެކެވެ. އެހެން ކަމުން މެޓް އޮފީހުން އަންނަނީ އެކި ސަރަހައްދުތަކަށް އެލާޓް ނެރެމުންނެވެ.



