މޫސުން ގޯސްވެ މެދުރާއްޖެތެރެގެ އަތޮޅުތަކަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ދެންމެ ނެރެފައިވާ އެލާޓްގައި ވިދާޅުވެފައި ވަނީ މިއަދު މެންދުރު 13:00 އިން ހަވީރު 16:00 އަށް ކ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މި ދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއްކަމުން މެޓް އޮފީހުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެލާޓް ނެރެމުންނެވެ. އެގޮތުން މޫސުން ގޯސްވެ ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ޅ. އަތޮޅާ ހަމައަށްވެސް މިއަދު ހެނދުނު ވަނީ ޔެލޯ އެލާޓް ނެރެފައެވެ.

މެޓް އޮފީހުން ވިދާޅުވެފައިވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެކަމަށާއި އަދި ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. މީގެ އިތުރުން އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭކަމުގައިވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.
މެޓް އޮފީހުން ވިދާޅުވެފައިވަނީ ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށެވެ.



