މިއަދު 135 ބަންގްލަދޭޝް މީހުން ޤައުމަށް ފޮނުވާލައިފި

މިއަދު 135 ބަންގްލަދޭޝް މީހުން އަނބުރާ ޤައުމަށް ފޮނުވާލައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަންއިން ވިދާޅުވީ، ބަންގްލަދޭޝްގެ 135 ރައްޔިތަކު މިއަދު އަނބުރާ ޤައުމަށް ފޮނުވާލެވިފައިވާކަމަށެވެ. އަދި މިމީހުން ފުރުވާލާފައިވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުންކަމަށްވެސް އިމިގްރޭޝަނުންވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މަސައްކަތްތެރިންގެ ގޮތުގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން އުޅެމުންދާއިރު، ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވަގަށް ރާއްޖެ އެތެރެވެގެން އުޅޭ ބަންގްލަދޭޝް މީހުންގެ މައްސަލައެވެ. އަދި ރާއްޖެ އެތެރެވުމަށްފަހު ފިލައިގެން އުޅޭ މީހުންވެސް ވަކި މަދެއް ނޫނެވެ.

ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ގިނަ އަދަދެއްގެ ބިދޭސިން ރާއްޖޭގައި އުޅެމުންދާއިރު، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ނިމިދިޔަ އަހަރުން ފެށިގެން ފޮރިން މިނިސްޓްރީއާ އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސިން ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި ސަރުކާރުން ވަނީ ޕްރޮގްރާމްތަކެއް ހިންގާފައެވެ. މި ޕްރޮގްރާމްތަކުގައި އެތައްހާސް ބިދޭސީންނެއް ވަނީ ރަޖިސްޓްރީ ވެފައެވެ.

މިފަހަކަށްއައިސް ބަންގްލަދޭޝް މަސައްކަތްތެރިންގެ ފަރާތުން ތަފާތު ހަމަނުޖެހުންތައް އުފައްދަމުންދާކަން ފާހަގަކޮށްލެއެވެ. އެގޮތުން ދިވެހި މުވައްޒަފުންތަކަކާއި ބަންގްލަދޭޝް މުވައްޒަފުންތަކާ ދެމެދު ބ އަތޮޅުގައި ހަދަމުންދާ ރިޒޯޓެއްގައި މިމަހުގެ ކުރީކޮޅު ހަމަނުޖެހުންތަކެއް ހިނގާފައިވާއިރު ދާދިފަހުން ފުލުހުންނާއި ބަންގަލްދޭޝްގެ މުވައްޒަފުންނާ ދެމެދުވެސްވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ. ބަންގްލަދޭޝް މަސައްކަތްތެރިންގެ އެންމެ ބޮޑު ޝަކުވާއަކީ އެމީހުން ލައްވާ މަސައްކަތްކުރުމަށްފަހު މުސާރަ ނުދޭ މައްސަލައެވެ.

ހުޅުމާލޭގެ ހަމަނުޖެހުމުގައި މިއަދު ހައްޔަރުކުރި ބިދޭސީންނާއިމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް މިދަނީ ކުރަމުން: ފުލުހުން

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ