ކޮވިޑް-19 ޖެހިގެން ނިޔާވި މީހަކު ވަޅުލުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ | ފޮޓޯ: އެމްއެންޑީއެފް

ކަރަންޓީނުގައި ހުއްޓާ ތުޅާދޫއިން ނިޔަވީ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް

ކަރަންޓީނުގައި ހުއްޓާ ބ. ތުޅާދޫއިން ނިޔަވީ މީހާގެ ޓެސްޓުގެ ނަތީޖާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިނޫޙަށް މައުލޫމާތު ލިބިފައިވާގޮތުން އެ މިހާގެ ސާމްޕަލް ނަގައި ބ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ޓެސްޓުކުރިއިރު ނަތިޖާ ވަނީ ޕޮޒިޓިވްވެފައެވެ.

ތުޅާދޫ ކައުންސިލްގެ ނައިބު ރައީސް ޒާއިދު ރަޝީދު މިނޫހަށް ވިދާޅުވީ، އޭނާ ނިޔާވެފައިވަނީ މިއަދު ޢަޞުރުވަގުތު ހާއިރުކަމަށެވެ. އަދި ނިޔާވެފައިވަނީ އުމުރުން 59 ދިވެހިި ފިރިހެނެއްކަމަށްވެސް ޒާއިދު ވިދާޅުވިއެވެ.

ޒާއިދު ވިދާޅުވީ އެމީހާއަކީ އެރަށަށް ނިސްބަތްވާ މީހެއްކަމަށާއި، އޭނާ ނިޔާވީ ކަރަންޓީނުގެ މުއްދަތު ހަމަވާން ވަރަށް ކައިރިވެފައިވަނިކޮށްކަމަށެވެ.

ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 2913 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، 2340 މީހަކުވަނީ މި ބަލިން ރަނގަޅުވެފައެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ