ހޮލީވުޑްގެ ކާމިޔާބު ފްރެންޗައިޒް ފިލްމް "ޕައިރެޓް އޮފް ދި ކެރެބިއަންސް"ގެ ކުޅަދާނަ އެކްޓަރު ޖޯނީ ޑެޕް، އޭނަގެ ކުރީގެ އަންހެނުން “އެމްބާ ހާޑް”އަށް ގެވެށިއަނިޔާ ކުރި ކަމަށް ބުނެ، 2016 ވަނަ އަހަރު ޖޯނީ ކައިރިން ވަރިވެ، ޖޯނީއާއި ދެކޮޅަށް ކޯޓުގައި ދައުވާކޮށްފައިވާއިރު، . އެއީ ދޮގެއްކަން ފަޅާއަރާ، މިކަމުގެ ހަޤީގަތް މިހާރު ސާފުވެފައިވާއިރު، ޖޯނީގެ އެއްވެސް ކުށެއްނެތްކަން މިހާރުވަނީ އެންމެނަށްވެސް ސާބިތުވެފައެވެ.
އެގޮތުން ޖޯނީގެ ބޮޑީގާޑެއްވެސް މިވަނީ، ޖޯނީ އާއި އެމްބަރ ގެ ކައިވެނީގެ ދުވަސްވަރު އެމަބަރ ޖޯނީއަށްޖިސްމާނީގޮތުން އަނިޔާކުރިކަމަށް ބުނެ ހެކިބަސްދީފައެވެ.
ޖޯނީގެ ބޮޑީގާ ހެކިބަސްދީފައި މިވަނީ، ބްރިޓިޝްގެ ނޫހަކުން ޖޯނީއާއި ދެކޮޅަށް ދޮގު ތުހުމަތުތަކެއް ކޮށް، ދައްކާފައިވާ ދޮގު ވާހަކަތަކުގެ ސަބަބުން، ޖޯނީ އެ ނޫހާއި ދެކޮޅަށް ކޮށްފައިވާ ދައުވާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
މި މައްސަލައާއި ގުޅިގެން ލޯޔަރުން ވަނީ، އެކްޓަރު ޖޯނީގެ ކުރީގެ ދެ ލޯބިވެރިންގެވެސް ސްޓޭޓްމެންޓް ނެގުމަށްފަހު ހާމަކޮށްފައެވެ. އެގޮތުން އޭނަގެ ކުރީގެ ދެ ލޯބިވެރިން ކަމުގައިވާ، ވިނޯނާ ރައިޑާ އަދި ވެނިސާ ޕެރިޑިސް ވެސް ބުނެފައިވަނީ، ޖޯނީ ފަދަ ހިތްހެޔޮ މީހަކު، އޭނަގެ ކުރީގެ އަންހެނުން އެމްބަރ ހެޑް އަނިޔާކޮށްފާނެ ކަމަށް ޤަބޫލު ނުކުރާކަމަށެވެ.
ޖޯނީ އަކީ، "އަނބިންނަށް އަނިޔާކުރާ" މީހެއް ކަމުގައި ބުނެ ބްރިޓިޝްގެ ނޫސް، "ދަ ސަން" އިން ލިޔެފައިވާ އާޓިކަލްގައި ޖޯނީ އަށް ކޮށްފައިވަނީ ދޮގު ތުހުމަތު ތަކެއް ކަމަށް ބުނެ، އެ ނޫހުގެ ޕަބްލިޝަރ އަދި އެކްޒެކިއުޓިވް އެޑިޓަރ އާއި ދެކޮޅަށްވެސް ޖޮނީ ވަނީ ކޯޓުގައި ދައުވާކޮށްފައެވެ.
މި ދައުވާއާއި އެއްކޮޅަށް، ޖޯނީގެ ބޮޑީގާޑް ހެކިބަސް ދީފައިވާއިރު، އޭނާ ބުނީ، ވަރަށް ގިނަ ފަހަރު އެމްބަރ ހެޑް ޖޯނީއާއި ޒުވާބުކޮށް، ޖިސްމާނީގޮތުވެސް އަނިޔާކޮށްފައިވާކަމަށެވެ. އަދި އެ ދަނޑިވަޅުތަކުގައި އެމްބަރ ގެ ހަމަލާތަކުން ޖޯނީ ސަލަމާތްކޮށްދީފައިވާނެ ކަމަށްވެސް ބޮޑީގާޑްގެ ސްޓޭޓްމެންޓްގައި ބުނެފައިވެއެވެ.
މީގެއިތުރުން، އޭނާ ބުނީ، އާއްމުކޮށް އެމްބަރ ހެޑް މިގޮތަށް ކަންތައްކުރަނީ، މަސްތުގެ ހާލަތުގައި ހުންނަ ވަގުތު ތަކުގައި ކަމަށެވެ.
ޖޯނީ ޑެޕް އާއި އެމްބަރ ހެޑް އެންމެ ފުރަތަމަ ދިމާވީ، 2004 ވަނަ އަހަރު، ކޮމެޑީ ފިލްމް "ދަ ރަމް ޑައިރީ"ގެ ޝޫޓިންގެ ތެރެއިންނެވެ. ދެމީހުން ކައިވެނި ކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. އަދި ހަމައެހަރު އެމްބަރ ހެޑް ވަނީ ޖޯނީ ކައިރިން ވަރިވުމަށް ކޯޓަށް ހުށައަޅާފައެވެ. ދެމީހުންގެ ވަރި ރަސްމީކޮށް ނިމުނީ 2017 ވަނަ އަހަރުއެވެ.
މި ދުވަސްވަކު ތެރޭގައި ޖޯނީ، “އެމްބާ ހާޑް”އަށް ގެވެށިއަނިޔާ ކުރި ކަމަށް ބުނެ ތުހުމަތުކޮށްފައިވެއެވެ، ނަމަވެސް ޖޯނީވެސް އެމްބާ އާއި ދެކޮޅަށް ދައުވާކޮށްފައިވާއިރު، ޖޯނީގެ ދައުވާގައި އޭނާގެ މައްޗަށް އެމްބާ ކޮށްފައިވަނީ އަސްލެއް ނެތް ދޮގު ތުހުމުތެއް ކަމަށާއި އެއީ މީހުންގެ ސަމާލުކަން ހޯދަން އޭނާ ޖެއްސި ސްޓަންޓެއް ކަމަށްވަނީ ބުނެފައެވެ. މީގެ އިތުރުން އެމްބާ އާއި ޑެޕްގެ ވަރީގެ މައްސަލަ ނިމުނީ ބަދަލެއްގެ ގޮތުގައި ޑެޕްގެ އަތުން އެބްމާ އަށް 7 މިލިއަން ޑޮލަރު ވެސް ލިބިގެންނެވެ.
މި މައްސަލައިގައި، މީގެ ކުރިން ޖޯނީ ޑެޕް ވަނީ، "ޕައިރެޓް އޮފް ދި ކެރެބިއަންސް" ގެ ކުރިއަށް އޮތް ސީކުއަލްތަކުންވެސް ވަކިކޮށްފައެވެ. ނަމަވެސް އެ ތުހުމަތު ތަކުގެ ހަޤީގަތް އެނގުމުން، ޑިޒްނީއިން މިވިސްނުން ބަދަލުކޮށް، މިފިލްމްގެ ކުރިއަށް އޮތް ސިލްސިލާތަކުން ޖޯނީ ފެނިގެންދާނެ ކަމުގެ އުފާވެރި ޚަބަރު ފޭނުންނަށް ވަނީ ދީފައެވެ.
މީގެ އިތުރުން 2018 އަހަރު ރިލީޒްކުރި “ވާނާ ބްރަދާސް”ގެ ބްލޮކްބަސްޓާ ފިލްމް، “އެކުއަމޭން” ގެ އަންހެން ލީޑު ކެރެކްޓާ “މޭރާ” ގެ ރޯލުން ޖޯނީގެ ކުރީގެ އަންހެނުން އެމްބަރ ހެޑް ފެނިގެން ދިޔައިރު، އެމްބަރ ޖޯނީއާއި ދެކޮޅަށް ކުރީ ދޮގު ތުހުމަތުތަކެއް ކަން ފަޅާއެރުމުން،ފިލްމްގެ ސީކުއަލް އިން އޭނާ ބޭރުކޮށްލި ވާހަކަތަކެއްވެސް ފެތުރުނެވެ.
އެހެންނަމަވެސް، އެކުއަމޭންގެ ދެވަނަ ބައިން އެމްބަރ ހެޑް ވަކިކުރިކަމުގެ އެއްވެސް ރަސްމީ ޙަބަރެއް އަދި މިހާތަނަށް އިއުލާންކޮށްފައެއް ނުވެއެވެ.




