ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް ޒިމްބާބުވޭއިން އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފުވި 100،000 ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.
ޒިމްބާބުވޭ ސަރުކާރުގެ އޮފިޝަލުންނާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިއަހަރުގެ މާރޗް މަހުން ފެށިގެން މިހާތަނަށް ކޮވިޑް-19 ކޮންޓުރޯލް ކުރުމަށް އެގައުމުން އަޅައިފައިވާ ފިޔަވަޅުތަކާއި ހިލާފުވި 100،000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މީގެތެރެއިން 1،000 މީހުން ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި ހައްޔަރުކޮށްފައިވާ ކަމަށާއި މި 1،000 މީހުން ހައްޔަރުކޮށްފައިވަނީ ބޭނުމެއްނެތި ބޭރުގައި އުޅުމުގެ ސަބަބުންނާއި އަދި މާސްކް ނާޅައި ބެރުގައި އުޅުމުގެ ސަބަބުން ކަމަށް ޒިމްބާބުވޭގެ ސަރުކާރުގެ އޮފިޝަލުން މައުލޫމާތު ދެއެވެ.
ޒިމްބާބުވޭގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި ސަރުކާރުގެ ފަރާތުން ކޮވިޑް-19 އުޒުރަކަށް ބަލައި ހައްޔަރު ކުރަމުންދަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކެވެ. ސަރުކާރާއި އިދިކޮޅު ފަރާތްތަކުންނާއި އަދި ސިވިލް ސޮސައިޓީ ގުރޫޕުތަކުން އަންނަނީ މިމަހުގެ 31 ވަނަ ދުވަހު ސަރުކާރާއި ދެކޮޅަށް ބޮޑު އެއްވުމެއް ބޭއްވުމަށް ތައްޔާރު ވަމުންނެވެ.
ޒިމްބާބުވޭގެ ރަސްމީ ތަފާސްހިސާބުތައް ދައްކާގޮތުން އެގައުމުން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ 1,478 މީހުންނެވެ. އަދި މިބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދަކީ 25 އެވެ.



