ދެން ޕާސްޕޯޓަށް އެދި ހުށައެޅޭނީ "އިމުގާ" މެދުވެރިކޮށް

މާދަމާއިން ފެށިގެން ޕާސްޕޯޓު ހެދުމަށް ހުށައެޅޭނީ "އިމުގާ" މެދުވެރިކޮށެވެ.

މޯލްޑިވްސް އިމިޤްރޭޝަން އިން މިއަދު ބުނެފައިވަނީ 2020 ޖުލައި 23 އިން ފެށިގެން ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅޭނީ މޯލްޑިވްސް އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް "އިމުގާ" މެދުވެރިކޮށް ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ލޮކްޑައުން އަކަށް ދިއުމާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށައެޅުމުގު ފުރުޞަތު ދެމުން އައިއިރު މާދަމާއިން ފެށިގެން އީމެއިލް މެދުވެރިކޮށް ޕާސްޕޯޓު އެޕްލިކޭޝަން ބަލައިގަތުން ހުއްޓާލާނެ ކަމަށް އިމިޤްރޭޝަން އިން ވަނީ ބުނެފައެވެ.

މާދަމާއިން ފެށިގެން "އިމުގާ" މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށައެޅުމަށް imuga.immigration.gov.mv އަށް ވަޑައިގެން ރަޖިސްޓްރީ ކުރުމުން ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށްވެސް އިމިޤްރޭޝަން އިން ވަނީ ބުނެފައެވެ.

އިމިގްރޭޝަން އިން ބުނީ އެ އިދާރާގެ މަޤްސަދަކީ ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ