އިލާ މޯލްޑިވްސް އިން އެމްއޭސީއެލް އަށް 3،000 ޕީޕީއީ ހަދިޔާކޮށްފި

އިލާ މޯލްޑިވްސްއިން އެމްއޭސީއެލްގެ މުވައްޒަފުން ބޭނުންކުރުމަށް 3،000 ޕާސަނަލް ޕްރޮޓެކްޓިވް އެކިއުޕްމެންޓް، ޕީޕީއީ ހަދިޔާކޮށްފިއެވެ.

އިލާ މޯލްޑިވްސްއިން މިކަންހާމަކޮށް ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މި ތަކެއްޗަކީ ކޮވިޑް-19ގެ ނުރައްކާ އޮތް ހާލަތުގައި އެއަރޕޯޓްގައި އެންމެ ކުރީސަފުގައި މަސައްކަތްކުރާ އެމްއޭސީއެލްގެ މުވައްޒަފުން ބޭނުންކުރުމަށް ހަދިޔާކުރި ތަކެތިކަމަށެވެ.

އިލާ މޯލްޑިވްސް އިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނޭނީ، 3،000 އަންގިއާއި، 3،000 މާސްކް އަދި 24 ސެނިޓައިޒަރ ފުޅިއެވެ.

ރާއްޖޭގައި އިންޖިނިއަރިންގެ ދާއިރާގައި މަސައްކަތްކުރާ އިލާ މޯލްޑިވްސް އަކީ 1991 ވަނަ އަަހަރުން ފެށިގެން ރާއްޖެގައި ހިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. މި ކުންފުނިން އަންނަނީ ކަނޑާއި އެއްގަމުގެ އުޅަނދުތަކާއި މެޝިނަރީސްތަކަށް ބޭނުންވާ ކޮލިޓީ ބްރޭންޑުތަކުގެ އުފެއްދުންތައް ފޯރުކޮށްދެމުންނެވެ. އިލާ އަކީ ޓޯޓަލް ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ