ރ. އޭއިސީ ގެ ދަރިވަރުން މިއަދު ކްލާހުގައި. އެ ސްކޫލުގައި މިއަދުގެ އެސެމްބްލީ ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށް | ފޮޓޯ: ރ. އޭއީސީ

އިތުރު ގްރޭޑްތަކަށް ކިޔަވައިދޭން ފެށިނަމަވެސް އިތުރު ނުރައްކަލެއް ނެތް- ޑރ. ނަޒްލާ

މާލޭ ސިޓީގެ ސްކޫލުތަކުގައި މިހާރު ކިޔަވަދޭން ފަށައިފައިވާ ސްކޫލްތަކުގެ އިތުރުން ގްރޭޑްތަކަށް ކިޔަވަދޭން ފެށިނަމަވެސް، ސްކޫލް މާހައުލްގައި އުޅޭ ދަރިވަރުންނަށާއި މުވައްޒަފުންނަށް އިތުރު ނުރައްކަލެއް ނެތްކަމަށް ހެލްތް އެމެޖެންސީ އޮޕަރޭޓިން ސެންޓަރ(އެޗް.އީ.އޯ.ސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.

އެޗް.އީ.އޯ.ސީ އިން އިއްޔެ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ، ވޭތުވެ ދިޔަ ދުވަސްތަކުގައި ބައްޔަށް ޕޮސިޓިވް ވި ކުޑަކުދިންގެ ކޭސްތަކުގައި ސްކޫލް ދަރިވަރުން ހިމެނޭކަމަށެވެ. ނަމަވެސް މިވަގުތު ސްކޫލްތަކަށް ދާ ދަރިވަރުން ބައްޔަށް ޕޮސިޓިވް ނުވާކަމަށެވެ.

އަދި ވޭތުވެ ދިޔަ ދުވަސްތަކުގައި ސްކޫލްތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައްޔަށް ޕޮސިޓިވް ވީ ނަމަވެސް، އެ މީހުންނަކީ ސްކޫލް މާހައުލުން ޕޮސިޓިވް ވި މީހުން ނޫންކަމަށް ޑރ. ނަޒްލާ މައުލޫމާތުދިނެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ސްކޫލްތައް ހުޅުވުނުއިރު ބައްޔަށް ރައްކާތެރިވުމުގު ގޮތުން، ސްކޫލް މާހައުލުގައި މާސްކް އެޅުމާއި، ގާދުރުކުރުކަމަށް ވަރަށް ބޮޑަށް ބާރުއެޅިފައިވާތީވެ، ސްކޫލު މާހައުލުގައި ބައްޔަށް ކޮންޓެކްޓްވާ މީހުން އެއްވެސްވަރަކަށް ނުފެންނަ ކަމަށެވެ.

މީގެ އިތުރުން، ޑރ. ނަޒްލާ ވިދާޅުވީ، ސަރުކާރާއެކު ކުރެވުނު މަސައްކަތުގެ ތެރެއިން ފިޔަވަޅުތައް އެޅުމަށް ފަހު މާލޭގެ ބައެއް ސްކޫލްތައް ހުޅުވީ އެއްވެސް ނުރައްކަލެއް ނެތްކަން ޔަޤީންކުރުމަށްފަހުއެވެ. ނަމަވެސް ކޮމިއުނިޓީގައި އަދިވެސް ބަލި ފެތުރޭއިރު، ޕޮސިޓިވް ކޭސްތައް ފެންނާނެކަމަށާއި، ސްކޫލްތަކުގައި ބައްޔަށް ރައްކާތެރިވުމަށް އެޅިފައިވާ ފިޔަވަޅު ތަކުގެ ސަބަބުން ސްކޫލް މާހައުލުން އަދި ބަލި ނުފެންނަކަމަށްވެސް ޑރ. ނަޒްލާ ފާހަގަކުރިއެވެ.

ޢީދު ބަންދަށްފަހު ސްކޫލްތައް މި އަންނަ މަހު އަލުން ސްކޫލްތައް ހުޅުވާލާއިރު، މާލެ ސިޓީގެ ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ