ތަޢުލީމީ ޤާބިލް ބޭފުޅުން އިދިކޮޅާއި ގުޅުން މިވަގުތު ވަރަށް މުޙިންމު - ޝަހީމް

ތަޢުލީމީ ޤާބިލް ގިނަ ބޭފުޅުން ޕީޕީއެމް، ޕީއެންސީ އާއި ގުޅުން މިވަގުތު ވަރަށް މުޙިންމު ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ވިދާޅުވެފައި ވަނީ ޕީޕީއެމް / ޕީއެންސީ އަކީ ޤައުމުގެ އުންމީދު ކަމަށާއި، އަމާން ބައްރަކަށް ޤައުމު ގެންގޮސްދޭނެ ވަޠަނީ ފަޢުޖުކަމަށެވެ. ތަޢުލީމީ ޤަބިލް ބޭފުޅުން އިދިކޮޅާއި މިވަގުތު ގުޅުން މުހިންމުކަން ފާހަގަކޮށް، ޝަހީމް ވިދާޅުވެފައިވަނީ ޤައުމީ ސަލާމަތާއި އިސްލާމީ އެއްބައިވަންތަކަން ދެމެހެއްޓުމަށް އެފަދަ އެންމެ ބޭފުޅުން އެއްބައިވަންތަވާން ޖެހޭ ކަމަށެވެ.

ޝަހީމް ވިދާޅުވެފައިވަނީ އިޤުތިޞާދީ ދަށް ޙާލަތުން އަރައިގަތުމަށްޓަކައި ގިނަ ބައެއްގެ ލަފާހޯދުމަކީ ބޭނުންތެރިކަމެއްކަމަށާއި، މިގޮތުން މި ވަގުތު ޤައުމީ ފެންވަރުގައި އިޤުތިޞާދީ ލަފާދެއްވޭނެ ވަރުގެ އެޑްވައިޒަރީ ކައުންސިލެއް ޤާއިމުކޮށް އެބޭފުޅުންގެ ވިސްނުމުގެ މައްޗަށް އިސްތިރާތީޖީ ޕްލޭނެއް އެކުލަވާލުން މުހިންމުކަމަށެވެ.

ތަޢުލީމީ ޤާބިލް ޒުވާނުން އިދިކޮޅާއި ގުޅުމަށް ޝަހީމް ގޮވާލައްވާފައިވާއިރު، "މަވެސް ޕީޕީއެމް" ގެ ދަށުން ޕީޕީއެމްއާއި އަލަށް ގުޅިވަޑައިގަތް ފަރާތްތައް ފޯމު ހަވާލު ކުރުމުގެ ރަސްމިއްޔާތެއް ރޭ ވަނީ ބާއްވާފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ