މާފުށި

މާފުށީގައި ކަރަންޓީންގައި ހުރި މީހަކު ކޮވިޑް އަށް ޕޮޒިޓިވް ވެއްޖެ

ކ. މާފުށީގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މާފުށި ކައުންސިލްގެ ރައީސް އުސްމާން ރަޝީދު މި ނޫހަށް މަޢުލޫމާތު ދެެއްވި ގޮތުގައި އެ ރަށުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މާލެއިން އެރަށަށް އައިސް ހޯމް ކަރަންޓީންގައި ހުރި ކުއްޖެކެވެ. އެކުއްޖާ ޕޮޒިޓިވްކަން އެނގިފައިވަނީ ކަރަންޓީން 14 ދުވަސް ހަމަ ކުރުމަށްފަހު ހެދި ޓެސްޓް އިންނެވެ.

މާފުށިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އުމުރުން 22 އަހަރުގެ އަންހެން ކުއްޖެކެވެ. ޕޮޒިޓިވް ވި އިރު އެގޭގައި 12 މީހަކު ހޯމް ކަރަންޓީންގައި ތިބިކަމަޑށް އުސްމާން ވަނީ މަޢުލޫމާތު ދީފައެވެ.

އުސްމާން ވިދާޅުވީ ޕޮޒިޓިވް ވި ކުއްޖާ ބަހައްޓާފައި ހުރީ މާފުށީގައި ކަމަށާއި، އެރަށުގައި މިހާރުވެސް 43 މީހަކު ކަރަންޓީން ގައި ހުރިކަމަށެވެ. އެކުއްޖާ ޕޮޒިޓިވް ކަން އެނގިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ރާއްޖޭގައި މިހާތަނަށް 3175 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 15 މީހަކު ނިޔާވެފައިވާއިރު، 2498 މީހަކު ވަނީ އެ ބަލިން ރަނގަޅު ވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ