ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ މުޅި އިޤްތިޞާދު ކަރުތާފެނަށް ގަންބާލައިފި: ރައީސް

މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ވަނީ ދިވެހި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އެގޮތުން  ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު "ކަރުތާ ފެނަށް" ގަންބާލި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވާހަކަފުޅުގައި ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތާއި ގުޅިގެން ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، މުޅި ދުނިޔެ މިއަދު މިވަނީ، ފަހުގެ ޖީލުތައް ތަޖުރިބާ ނުކުރާވަރުގެ ބަނަކަމެއްގެ ތެރޭގައިކަމަށެވެ. އަދި މި ބަލީގެ ހިޔަނި ނޭޅޭ އެންމެ ޢާއިލާއެއް މިރާއްޖޭގައިވެސް ނެތްކަމަށާއި، މިއީ ބަލިމަޑުކަމެއް ކަމަށްވިޔަސް، މިބަލީގެ ޖަރާސީމު ޙަމަލާ ދެނީ ހަމައެކަނި އިންސާނުންގެ ހަށިގަނޑަކަށް ނޫންކަމަށެވެ.

ރައީސް ވިދާޅުވީ، މި ބަލިމަޑުކަން ގާދޫކޮލުން އެތެރެވެ، ރާޖޭގެ ވައިގެ ބަނދަރުތައް ބަންދުކުރަން މަޖުބޫރުކުރުވިކަމަށާއި އަދި އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމުގެ އާދަތައް މުޅިން ބަދަލުކޮށްލިކަމަށެވެ.

މި ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އާއްމު ހާލަށް އައި ބަދަލުތަކުގެ ވާހަކަތައް ދައްކަމުން ރައީސް އިތުރަށް ވިދާޅުވީ، ދަރިންނަށް ކިޔަވައިދިނުމަށް ހުރަސް އެޅުނުކަމަށއެި. ވިޔަފާރިތައް ބަނގުރޫޓުވެެ، ދަތުރުފަތުރާއި ފަތުރުވެރިކަން ހުއްޓުމަކަށް ގެނެސް، އިމްޕޯޓް އެކްސްޕޯޓަށް ބުރޫއަރުވައި، ރާއްޖޭގެ މުޅި އިޤްތިޞާދު "ކަރުތާފެނަށް" ގަންބާލައިފިކަމަށެވެ

ހަމައެއާކު، މި ބަލިމަޑުކަން ކޮންޓްރޯލުކުރުމަށް ސަރުކާރާއި ކަމާބެހޭ އިފދާރާތަކުން ކުރި މަސައްކަތްތަކުގެ ނަތީޖާއަށް އަލިއަޅުވާލާ ރައީސް ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުން ބަންދުކުރިތާ ތިން މަސްފަހުން ރާއްޖޭގެ ބޯޑަރުތައް މިވަނީ އަލުން ހުޅުވައިލެވިފައިކަމަށެވެ. ނަމަވެސް އިޤްތިޞާދީ ގޮތުން އަދިވެސް އޮތީ ދަތި އުނދަގޫ ދުވަސްތަކެއްކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އުންމީދަކީ މިއަހަރުގެ ފަހުކޮޅަށްދާއިރު ފަތުރުވެރިކަން ރަނގަޅުވެ، އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އައުންކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ނަމެވެސް ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި ޤައުމެއްކަމުގެ އިތުބާރާއި ޔަޤީންކަން، ބޭރު ދުނިޔެއަށް ލިބިގެން ނޫނީ، މި އުންމީދު ޙާޞިލެއް ނުވާނެކަމަށާއި އެ އިތުބާރު ލިބޭނީ، ޑޮކްޓަރުންގެ އިރުޝާދުތަކަށް ޢަމަލުކޮށް، ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް، އެންމެން އެކުގައި މަސައްކަތްކޮށްގެންކަމަށް ރައީސް މުޅި ޤައުމާއި މުހާތަބުކޮށް އެދިފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ