އިންޑިއާ ކަނޑަކީ އަޅުގަނޑުމެންގެ ކަނޑު: ނަޝީދު

ދިވެހި ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހައް މަރުހަބާ ދަންނަވަމުން ރައްޔިތުން މަޖިލީހުގެ ރައީސް މަހައްމަދު ނަޝީދު ވިދާޅުވީ އިންޑިއާ ކަނޑަކީ އަޅުގަނޑުމެންގެ ކަނޑު ކަމުގައެވެ.

ނަޝީދު ވިދާޅުވީ އަޅުގަނޑުމެންގެ އިގްތިސާދީ ސަރަހައްދަކީ ސައުދި އަރަބިއްޔާ އަށް ވުރެއް ބޮޑު ސަރަހައްދެއްކަމަށާއި ޒަމަނުއްސުރެއް ފެށިގެން ދިވެހިން އަބަދުވެސް އައީ އިންޑިއާ ކަނޑުގައި މަސައްކަތް ކުރަމުން، ދަތުރު ކުރަމުން، ވިޔަފާރި ކުރަމުން އަދި ދިރިއުޅެމުކަމަށެވެ. މި ކަނޑަކީ އަޅުގަނޑުމެންގެ ކަނޑު ކަމަށާއި މި ކަނޑުގެ ސަލަމަތާއި ރައްކާތެރިކަން ހުއްޓިފައި އޮތީ ދިވެހީންގެ އަމަލު ތަކުގެ މައްޗަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ދިވެހި ރާއްޖޭގެ ހަޖެހުމާއި ސަލާމަތްތެރިކަން އެއީ ޝައްކެތްވެސް ނެތްގޮތުގައި އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސަލާމަތްތެރިކަން ކަމަށާއި އިންޑިއާ ކަނޑުގެ މައްޗަށް ބަރުފޯރުވަން އުޅުނު އެއްވެސް ބަޔަކަށް ދިވެހީންނާއި އެކުގައި އެއްބަސްވުންތަކެއް ވެގެން ނޫނީ އެކަން ކުރެވިފައި ނުވާ ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެން މި ފާހަގަ ކުރާ މިނިވަން ދުވަހަކީ ދިވެހި ރާއްޖެއަށް އިނގިރޭސީންގެ ހިމާޔަތުގެ އަޅުވެތިކަމުން ސަލާމަތްވި ދުވަސް އަދި ދިވެހީންނަށް ހާރިޖީ ގުޅުން ބޭނުން ބަޔަކާ ބޭއްވުމުގެ ފުރުސަތު ފަހިވެގެން އައީ 1965 ވަނަ އަހަރު އިންގިރޭސީންނާ އެކީގައި ވެވުނު އެގްރީމެންޓާއެކުގައި ކަމަށް ނަޝީދު ވިދާޅުވީއެވެ. އަދި ވިދާޅުވީ މި މިނިވަންކަމަށް އަޅުގަނޑުމެން އައީ 1888 ވަނަ އަހަރު ދިވެހި ދައުލަތާއި އިނގިރޭސީންނައި ބެލެވުނު އެގްރިމެންޓްގެ ފަހުން އެ އެގްރިމެންޓަކީ ދިވެހި ރާއްޖެއަށް އިންގިރޭސީން ހިމާޔަތް ދިނުމަށް ވެވުނު އެއްބަސްވުމެއް ކަމަށާއި އިންޑިއާ ކަނޑު 1800 ގައި އޮތީ އިންގިރޭސީންގެ ކަނޑެއް ގޮތުގައި ކަމަށެވެ.

އިންޑިއާ ކަނޑު ސަލާމަތްކުރެވިފައި މިވަނީ އިންޑިއާ ކަނޑުގައި ދިރިއުޅޭ ކަނޑުގެ އައްސޭރީގައި މިވާ ރައްތަކުން ކަމަށާއި އަޅުގަނޑުމެންނަކީ އޭގެ ތެރެއިން ބޮޑު އެއް ރަށް އަދި  އަޅުގަނޑުމެންގެ މި މިނިވަންކަން އަޅުގަނޑުމެން ދެމެހެއްޓުމަށް ޓަކައި ދިވެހީން އަބަދުވެސް އަމަލު ކުރަން ޖެހޭނީ ބުއްދިވެރި ކަމާ އެކީގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ "އިންޑިއާ ކަނޑުގެ އައްސޭރިން ބެރުން އެ ކަނޑުގެ ތެރެއަށް ވަދެ މިކަން ކުރުމަށް އެއްވެސް ގައުމަކަށް ދޫކޮށްފިނަމަ ތާރިހުން ފެންނަން އޮތް މަނަޒަރު އަޅުގަނޑުމެންނަށް ވަރަށް ސާފު. އެއީ ހޮޅީންނަށް ވިޔަސް، ޕޯޗުގީޒުން ވިޔަސް، އިނގިރޭސީންނަށް ވިޔަސް މި ކަނޑަށް އައްސޭރި ނުވަނީސް މިކަނޑުގައި އައިސް އަތްގަދަކޮށް އުޅުމަކީ ދިވެހީންނަށް އެންމެ ފައިދާހުރި ގޮތް ނޫންކަން އެއީ ދިވެހީން މާ ރަނގަޅަށް ވެސް ގަބޫލު ކޮށްފައިވާ ހަގީގަތެއް"

ދިވެހީންގެ މިނިވަންކަން އިރާދަ ކުރެއްވިއްޔާ ދިވެހީން އަބަދުވެސް ދަމަހައްޓާނެކަމަށް އަޅުގަނޑުގެ ހިތުގައި ޝައްކެތް ނުއުފެދޭކަމަށާއި ދިވެހީން އަތުން މިނިވަންކަން ގުޑުވާލެވޭނޭ ވަކި އިތުރު ބާރެެއް އޮތް ކަމަށް ނުފެންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ދިވެހި ރާއްޖޭގައި ތަފާތު ފިކުރު އެފެދިގެން އަންނަކަމަށާއި އެއްދައުލަތެއް ގޮތުގައި އަރަބި ކަރައިގައި އުފެދޭ ރޫހު އަބަދުވެސް މި ދިވެހި ދައުލަތް އޭގެ ތެރެއަށް ގެންދިޔުމަށް މަސައްކަތް ކުރެވޭކަމަށް ވިދާޅުވިއެވެ.

"އައިއެސް ޖަމާއަތުން ހިންގާ މަސައްކަތްތަކުގައި ދިވެހި ރާއްޖޭއަކީ އެމީހުންގެ ދައުލަތުގެ ތެރޭގައި ހިމެނޭ ބައެއްގެ ގޮތުގައި ހެދުމަށް މިތަނުގައި އެމީހުންގެ ނެޓްވޯކް ހިންގާ. އެއީ ރާއްޖޭގެ އިދާރާތަކަށް ސާފުވާ ކަމެއް. އަޅުގަނޑުމެންގެ ސިފައިން މިތިބީ އަޅުގަނޑަށް ޔަގީން ކަށަވަރު މި ރާއްޖޭގެ މިނިވަނަކަން ކުޑަ މިންވަރަކަށް ވެސް ދޫކުރާކަށް ނޫން. އިރާދަ ކުރެއްވިއްޔާ އިންޑިއާ ކަނޑުގައި ދިވެހީން އަބަދުވެސް ދެމިތިބޭނީ ވަރުގަދަ ކަމާއެކީގައި" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އެރޜބިއަންސީ

    ކޮން އިންޑިޔާ ކަނޑެއްތަ؟ ކަލޭ އިންޑިޔާ ނުލައި އެއްވެސް އެއްޗެއް ނުކިޔޭތަ؟؟ ދިވެހިރާއްޖެ އޮންނަނީ އަރަބި ކަނޑުގަ އޭގެ ފަހުން އިންޑިއާކަނޑު އަންނާނި.. ފުރަތަމަކިޔާ އެރޭބިއަންސީއޭ..

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ