ފްލެޓްތަކާއި ގުޅޭ ވާހަކަ ދެއްކޭނީ ފްލެޓު އެޅި މީހުންނަށް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު ކޯލިޝަނުންއިން ރޭ ބޭއްވި މުޒާހަރާގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހިއްޕަވައިގެން ހުންނެވި ޕޯސްޓަރަކާއި ގުޅިގެން ސަރުކާރަށް ތާއީދުކުރައްވާ ފަރާތްތައް ރައްދުދީ ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވަނިކޮށެވެ.
މުއިއްޒު ހިއްޕަވައިގެން ހުންނެވި ޕޯސްޓަރުގައި ލިޔެފައިވަނީ މިއީ ފްލެޓްފޭރޭ ސަރުކާރުކަމަށާއި، 7000 ފްލެޓް ކާލައިފިކަމަށެވެ.
މުއިއްޒު އިޝާރާތްކުރައްވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ދަށުން އެޅި 7000 އަށެވެ.
ޓްވިޓަރ މެދުވެރިކޮށް ޝިޔާމް ވިދާޅުވެފައިވަނީ، ރޭ ޕޯސްޓަރު ހިއްޕައިވެގެން ހުރިވަގުތު އެމަނިކުފާނު ހިތްޕުޅަށް އެރި ތަސްވީރެއް ކުރަހާލަން ވަރަށް ފުރިހަމަވާނެކަމަށާއި، ހަމައެވަގުތު އެތަސްވީރަކީ އެމްޑީޕީ ސަރުކާރުން ހަޖަމްކުރަން ފަޞޭޙަ ތަސްވީރަކަށް ނުވާނެކަމަށްވެސް ހިތްޕުޅަށް އެރިކަމަށެވެ.
"އެހެން ނޫނަސް ފެލްޓް އެޅި ބަޔަކަށްތާ ފްލެޓްގެ ވާހަކަ ދެއްކޭނީ" ޝިޔާމްގެ ޓްވީޓުގައި ވެއެވެ.
Rey @MMuizzu mi poster hippavaigen hunnevi vaguthu alhugandu hithah eri thasveereh kurahaalan haadha furihama vaaneye. Hama evaguthu hithah eri MDP sarukaarah hajam kuran ehaa faseyha thasveerakah nuvedhaaneye. Ehen noonas flat elhi bayakahthaa flat ge vahaka dhekkeynee. pic.twitter.com/71DCyriDqo
— Ahmed Shiyam (@Shiyamaldives) July 27, 2020
ހިޔާ މަޝްރޫޢުގެ ދަށުން އަޅާފައިވާ، ފްލެޓްތައް އޭގެ ޙައްޤުވެރިންނަށް ދޫކުރުން ލަސްވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ރޭ އިދިކޮޅުން މިނިވަން އިޖުތިޙާދުގެ ނަމުގައި ކުރިއަށް ގެންދިޔަ މުޒާހަރާގައިވަނީ ޝުޢޫރުފާޅުކޮށްފައެވެ.
ރޭގެ އެއްވުމުގެ ބައިވެރިން ތަފާތު ޝުޢޫރުތައް އެކުލެވޭ ބޯޑުތައް ބޭނުންކޮށްފައިވާއިރު، މިނިވަންކަން ހިމާޔަތްކުރުމަށާއި، އަނިޔާވެރިކަން ހުއްޓާލުމަށް އެއްވުމުގެ ބައިވެރިންވަނީ ގޮވާލާފައެވެ.



