މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކަންޔޭ ވެސްޓް އޭނާގެ އަންހެނުން، “ކީޕިން އަޕް ވިތް ކާޑޭޝިއަންސް” ގެ މަޝްހޫރު އެމެރިކަން ސެލެބްރިޓީ ކިމް ކާޑޭޝިއަންގެ ކިބައިން މާފަށް އެދިއްޖެއެވެ،
ކާންޔޭ މާފަށް އެދިފައިވަނީ މިދިޔަ ހަފްތާ ކިމް އާއި އޭނާގެ އާއިލާ އަށް ސޯސަލް މީޑިއާގައި ޓްވީޓް ތަކެއް ކުރުމަށް ފަހުގައެވެ.
އެގޮތުން އޭނާ ކިމް ވަަރިކުރަން 2018 އިން ފެށިގެން މަސައްކަތް ކުރާ ކަމަށް ބުނެ ޓްވީޓް ކޮށްފައި ވެއެވެ. އެގޮތުން އެނާގެ 4 ދަރިންގެ މަންމަ ކަމަށްވާ ކިމް އާއި ވަކިވާން ފާއިތުވެދިޔަ 2 އަހަރު މަސައްކަތް ކޮށްފައިވާ ކަމަށާއި ކިމް، މަޝްހޫރު ރެޕާ މީކް މިލް އާއި ބައްދަލު ކޮށްފައިވާތީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ. ކަންޔޭ ކޮށްފައިވާ ޓްވީޓް ތަކުގައި މީކް އަށް ވަރަށް އެއްޗެހި ކިޔާފައި ވެއެވެ.
އަދި ދާދި ފަހުން ކިމް އެދެމީހުންގެ ފުރަތަމަ ދަރި ނޯތް ވެސްޓް އެބޯޓް ކޮށްލަން މަސައްކަތްކޮށްފައިވާ ކަމުގެ ތުހުމަތު ކޮށްފައިވެއެވެ. އަދި ކިމްގެ މަންމަ ކްރިސް ޖެނާ، ނޯތް ކޮރެއާގެ ޑިކްޓޭޓަރ ކިމް ޖޮންގް އަން އާ އަޅުވާ ކިޔާފައި ވެއެވެ.
ކާންޔޭ މާފަށް އެދެމުން ކުރި ޓްވީޓްގައި ބުނެފައިވަނީ އަހަރެންގެ އަންހެނުން ފަލީހަތް ކުރެވުމުގެ ކުށަށް އަހަރެން މާފަށް އެދެން ބޭނުންކަމަށާއި ކިމް ދެރަކުރެވިއްޖެކަން އިނގޭ ކަމަށެވެ. ނަމަވެސް ކިމް އަށް މާފް ކޮށްދިނުމަށް އެދިފައިވެއެވެ. އަދި އަބަދުވެސް ކިމް އާ އެކު ވާތީ ޝުކުރު އަދާ ކުރައްވާފައި ވެއެވެ.
I would like to apologize to my wife Kim for going public with something that was a private matter.
I did not cover her like she has covered https://t.co/A2FwdMu0YU Kim I want to say I know I hurt you. Please forgive me. Thank you for always being there for me.— ye (@kanyewest) July 25, 2020
ކިމް އާއި ކާންޔޭގެ ކައިވެންޏަށް 4 އަންހެންދަރިން ލިބިފައިވެއެވެ. އެއީ އެންމެ ހަގު ދަރިފުޅު ދިހަ މަހުގެ ސައުމް އާއި، ހަތަރު އަހަރުގެ ސެއިންޓް، ދެ އަހަރުގެ ޗިކާގޯ، އަދި ދޮށީ ދަރިފުޅު 6 އަހަރުގެ ނޯތްއެވެ.
ކިމް މީގެ ކުރިން ދެ ކައިވެންޏެއްކޮށްފައިވާއިރު، އޭނާ އެންމެ ފުރަތަމަ ކައިވެނި ކުރީ މިޔުޒިކް ޕްރޮޑިއުސަރު ޑޭމަން ތޯމަސް އާއެވެ. އަދި އޭނާ ދެވަނައަށް ކައިވެނިކޮށްފައިވަނީ، މަޝްހޫރު ބާސްކެޓް ކުޅުންތެރިޔާ ކްރިސް ހަމްފްރީސް އާއެވެ.




ހިޔާލު
ކިމް ކާޑޭޝިއަންގެ ކިބައިން ކާންޔޭ ވެސްޓު މާފަށް އެދިއްޖެ