އެޗްއީއޯސީގެ ޕްރެސް ކޮންފަރެންސެއް މިއަދު ހަވީރު ބާއްވަނީ

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ޕްރެސް ކޮންފަރެންސެއް މިއަދު ހަވީރު 16:00 ގައި ބޭއްވުމަށް ނިންމައިފިއެވެ.

އާންމުކޮށް އެޗްއީއޯސީގެ ޕްރެސް ކޮންފަރެންސްތައް ބާއްވަމުން އަންނަނީ ރޭގަނޑު އެވެ. ނަމަވެސް މިއަދު ހަވީރު ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށް އެޗްއީއޯސީ އިން ވަނީ ވިދާޅުވެފައެވެ.

މި ޕްރެސް ކޮންފަރެންސް އަކީ ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތާއި ގުޅިގެން މަޢުލުމާތު ދެއްވުމަށް ބާއްވާ ޕްރެސް ކޮންފަރެންސެއް ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެެވެ.

މިއަދު ހަވީރު 16:00 ގައި ފެށުމަށް ހަމަޖެހިފައިވާ ޕްރެސް ކޮންފަރެންސްގައި އެޗްއީއޯސީގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާނީ އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީޤް އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން އިބްރާހިމް ނިޝާން އެވެ.

ރާއްޖޭގައި އަނެއްކާވެސް ކޮވިޑް-19 ހަލުވިކަމާއިއެކު ފެތުރެެން ފަށާފައިވާއިރު މިއަދު ވަނީ މި ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެފައެވެ. ޖުމްލަ މިހާތަނަށް މި ބަލީގައި ރާއްޖެއިން 19 މީހަކު ނިޔާވެފައިވާއިރު ޕޮޒިޓިވް ވާ ނިސްބަތް މިހާރު ވަނީ އިތުރުވާން ފަށައިފައެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލާފައި ވާއިރު ރާއްޖެއަށް މަދުމަދުން ދަނީ ފަތުރުވެރިން ޒިޔާރަތް ކުރަމުންނެވެ. ކޮވިޑް-19 ފެތުރުން އިތުރު ވެފައިވީނަމަވެސް އިތުރު ފުރަބަންދަކަށް ދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ރައީސް ޞޯލިހް އިއްޔެ ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ