ފާއިތުވި ދުވަސްތަކުގައި އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ދެމެފިރިން ކިމް ކާޑޭޝިއަން އާއި ކާންޏޭ ވެސްޓް، ގެ ވާހަކަތައް ނޫސްތަކުގެ ފަލަ ސުރުހީތަކުގައި ދައުރުވަމުންދިޔައެވެ. އެގޮތުން މި ދެމީހުންގެ ގެ ގުޅުމަށް ވަރަށް ބޮޑަށް ހީނުރަކަން އައިސްފައިވާތީވެ، އާއިލާއާއެކު ވެކޭޝަންއަކަށް ދިއުމަށް ތައްޔާރުވާކަމަށް ޙަބަރުތަކުގައި ރިޕޯޓުކޮށްފިއެވެ.
މި ދެމީހުންގެ ދެމެދުގައި އެންމެ ފުރަތަމަ މައްސަލަތައް އުފެދުނީ، ކަންޔޭ ވެސްޓް، ކިމް ކާޑޭޝިއަން ވަރިކުރަން މަސައްކަތް ކުރާކަމުގައި ބުނެ ޓްވީޓްތަކެއް ކުރުމާއެކުއެވެ. މި ޓްވީޓްތައް ކޮށްފައިވަނީ، މިއަހަރުގެ އެމެރިކާގެ ރައީސްކަމަށް ވާދަކުރެއްވުމަށް ނިއްމާފައިވަނިކޮށެވެ.
ކަންޔޭ ވެސްޓް ބުނެފައިވަނީ އޭނާ ކިމް ވަަރިކުރަން 2018 އިން ފެށިގެން މަސައްކަތް ކުރާ ކަމުގައެވެ. އެގޮތުން ކަންޔޭ މިއަދު ވަނީ އެނާގެ 4 ދަރިންގެ މަންމަ ކަމަށްވާ ކިމް އާއި ވަކިވާން ފާއިތުވެދިޔަ 2 އަހަރު މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ ޓްވީޓް ތަކެއް ކޮށްފައެވެ. ނަމަވެސް މި ޓްވީޓްތައް ކާންޔޭ ވަނީ ފަހުން ޑިލިޓް ކޮށްލައިފައެވެ.
މި ޓްވީޓްތަކުގައި އޭނާ ވަނީ ކިމް، މަޝްހޫރު ރެޕާ މީކް މިލް އާއި ބައްދަލު ކޮށްފައިވާތީ އެކަމާވެސް ނުރުހުން ފާޅުކޮށްފައެވެ. އަދި އޭނާ ބުނެފައިވާގޮތުން ކިމް އާއި މީކް ބައްދަލުކޮށްފައިވަނީ ހޮޓަލެއްގައެވެ. ކަންޔޭ ކޮށްފައިވާ ޓްވީޓް ތަކުގައި މީކް އަށް ވަރަށް އެއްޗެހި ކިޔައި އަދި ކާންޔޭ އަކީ 5 މިލިއަން ޑޮލާރ އަށް ވުރެއް އަގު ބޮޑު ލަވަކިޔުންތެރިއެއް ކަމުގައި ބުނެފައިވެއެވެ.
މި ޓްވީޓްތަކާއެކު، ކިމް ކާޑޭޝިއަން ހާމަކުރިގޮތުގައި، ކާންޔޭ އަކީ ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހަކަށް ވާތީވެ، އޭނާ ކުރި ޓްވީޓްތަކަކީ، އެއްވެސްވަރަކަށް އޭނާ ބުނަން ބޭނުންވި ވާހަކަތަކެއް ނޫނެވެ.
އޭގެފަހުން، ކާންޔޭ ވަނީ ކިމް އާއި ކިމްގެ އާއިލާގެ ކިބައިން މާފަށްވެސް އެދިފައެވެ.
ނަމަވެސް، ކޭންޔޭ އާއި ކިމްގެ ގުޅުން އަދިވެސް ރަނގަޅު ނޫންކަމަށާއި، ދެމީހުންވެ ބިޒީކޮށް އުޅޭތީވެ ބައްދަލުވަނީ ވަރަށް މަދުންކަމަށް މައުލުމާތުލިބެއެވެ. އެހެންކަމުން، ގުޅުން ރަނގަޅުކޮށް، ކައިވެނި ސަލާމަތްކުރުމަށްޓަކައި، އާއިލާއިން ވެކޭޝަންއަކަށް ފުރަން ތައްޔާރުވަމުން އަންނަ ކަމަށް ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ކިމް އާއި ކާންޔޭގެ ކައިވެންޏަށް 4 އަންހެންދަރިން ލިބިފައިވެއެވެ. އެއީ އެންމެ ހަގު ދަރިފުޅު ދިހަ މަހުގެ ސައުމް އާއި، ހަތަރު އަހަރުގެ ސެއިންޓް، ދެ އަހަރުގެ ޗިކާގޯ، އަދި ދޮށީ ދަރިފުޅު 6 އަހަރުގެ ނޯތްއެވެ.
ކިމް މީގެ ކުރިން ދެ ކައިވެންޏެއްކޮށްފައިވާއިރު، އޭނާ އެންމެ ފުރަތަމަ ކައިވެނި ކުރީ މިޔުޒިކް ޕްރޮޑިއުސަރު ޑޭމަން ތޯމަސް އާއެވެ. އަދި އޭނާ ދެވަނައަށް ކައިވެނިކޮށްފައިވަނީ، މަޝްހޫރު ބާސްކެޓް ކުޅުންތެރިޔާ ކްރިސް ހަމްފްރީސް އާއެވެ.




