ބިލެއްދޫގައި ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 2 މީހަކު ހައްޔަރުކޮށްފި

ފ. ބިލެއްދޫގައި ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފ.ބިލެއްދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވުއެވެ.

ފުލުހުން ވިދާޅުވީ މިއޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި ދެމީހުންގެ ތެރެއިން 34 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ބިލެއްދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނުގައެވެ.

ކ. ތިލަފުށިން ބިލެއްދޫއަށް އައި ދޯންޏަކުން އެމީހާ ބިލެއްދޫއަށް ފޭބުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 16 ކުދި ރަބަރު ޕެކެޓާއި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް  ފުލުހުން ވިދާޅުވިއެވެ.

31 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ބިލެއްދޫ ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮގަސްޓް 4 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކަމަށާއި މި އޮޕަރޭޝަނުގައި އެގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކަރުދާސްކޮޅެއް ފެނިފައިވާކަމަށްފުލުހުން ވިދާޅުވިއެވެ.

މި ދެ މައްސަލަ ފ. ބިލެއްދޫ ޕޮލިސް ސްޓޭޝަނުން އިތުރަށް ދަނީ ތަހުގީގު ކުރަމުން ކަމުގައި ފުލުހުން ވިދާލުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ