ހުޅުދުއްފާރުން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ރ. ހުޅުދުއްފާރުން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ކަރަންޓީނުގައި ހުރި މީހެކެވެ. މިއީ އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެވަނަ މީހާއެވެ. މީގެކުރިންވެސް އެރަށުން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އެއީވެސް ގޭގައި ކަރަންޓީނުގައި ހުރި މީހެކެވެ.

އެރަށު ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު އަބްދުﷲ ޝަރީފް ވިދާޅުވި ގޮތުގައި ހޯމް ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވިވެފައިވަނީ އަންހެނެކެވެ. އަދި އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ އިއްޔެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި އެއީ އަންހެނެއްކަމަށާއި، އޭނާ ހޯމް ކަރަންޓީނުވުމަށް ރަށަށްގޮސްފައިވަނީ އިއްޔެކަމަށްވެސް ޝަރީފް ވިދާޅުވީ އެވެ.

ޝަރީފު ވިދާޅުވި ގޮތުގައި އެންހަންމީހާ ކޮވިޑަށް ޓެސްޓްކޮށްފައި ވަނީ މާލެއިންނެވެ. އަދި ބައްޔަށް ޕޮޒިޓިވްކަން އެނގުނީ އިއްޔެ އިރުއޮއްސުނު ހާއިރުއެވެ.

އެރަށުން ކުރިން ޕޮޒިޓިވްވެފައިވަނީ ކަރަންޓީނުގައި ހުރި މީހަކު 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށް ފަހު ނެގި ސާމްޕަލަކުންނެވެ.

މާލެއިން ރަށްރަށަށް ހޯމް ކަރަންޓީނަށް އަންނަ ބައެއް މީހުންގެ ފަރާތުން މިބަލި މިހާރު ފެންނަމުންދާކަން ފާހަގަކޮށްލެއެވެ. އެއާކު މިބަލި ކޮންޓްރޯލްކުރުމަށް ސަރުކާރުން އިތުރު މަސައްކަތް ފަށާފައިވާއިރު، މާލެއިން ރައްރަށަށް ހޯމް ކަރަންޓީނަށް ދެން ދެވޭނީ ޚާއްސަ މީހުންނަށްކަމަށްވަނީ ނިންމާފައެވެ. އެއީ، ސިއްހީ ކަންކަމުގައި ރަށްރަަށަށް ދާން ޖެހޭ މީހުންނާއި ޒަރޫރީ ބޭނުންތަކުގައި ދާން ޖެހޭ މީހުން އެކަންނެވެ.

 

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ