މޫސުން ރަނގަޅެއް ނޫން އުތުރުގެ އަތޮޅުތައް އަދިވެސް ވައިޓް އެލާޓްގައި

މޫސުން ގޯސްވެ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ނެރެފައިވާ އެލާޓްގައި ބުނެފައިވަނީ މިއަދު 14:15 އިން 18:30 އަށް ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމުގައިވެސް މި އެލާޓްގައި ވަނީ ބުނެފައެވެ.

މި ދުވަސް ވަރަކީ މުޅީ ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެއް ކަމުން މެޓް އޮފީހުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެލާޓް ނެރެމުންނެވެ. އެގޮތުން މިއަދު ހެނދުނު 10:15 ގައިވެސް ވަނީ މި ސަރަހައްދަށް ވައިޓް އެލާޓް ނެރެފައެވެ.

އުތުރުގެ އަތޮޅުތަކަށް މިއަދު ހެނދުނު ނެރުނު އެލާޓްގެ ވަގުތު އިތުރުކޮށްފައިވާއިރު، ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ ދަންނަވާފައެވެ.

މެޓް އޮފީހުން ވިދާޅުވެފައި ވަނީ ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. މީގެ އިތުރުން މެޓް އޮފީހުން ވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމުގައިވެސް ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ