ފޮޓޯ: ރާއްޖެ އެމްވީ

ޢާއިލާ ކޮވިޑަށް ޕޮޒިޓިވް، އެމްޑީ ސަޢީދު އޮފީހަށް ނިކުންނަވާ މައްސަލަ ފެންމަތި ވެއްޖެ

ޢާއިލާ ކޮވިޑު-19 އަށް ޕޮޒިޓިވްވިނަމަވެސް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢީދު އޮފީހަށް ނިކުންނަވާ މައްސަލައެއް ފެންމަތި ވެއްޖެއެވެ.

މަޢުލޫމާތު ލިބޭގޮތުގައި އެމްޑީ ސަޢީދުއާއި އަދި އިތުރު މީހަކު ފިޔަވައި އޭގަގައި ދިރިއުޅުއްވާ ހުރިހާ މީހުންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި އެގެން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެމްޑީގެ އަނބިކަނބަލުންވެސް ހިމެނެއެވެ.

އެހެންނަމަވެސް އެމްޑީ ސަޢީދު އޮފީހަށް ނުކުންނަވާކަމަށްބުނެ މީސްމީޑިއާގައި ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިފާޑު ކިއުންތަކާއި ގުޅިގެން މިނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމްޑީ ސަޢީދު ވިދާޅުވީ، އޭނާ ޢަމަލުކުރަމުންދަނީ އެޗްޕީއޭގެ އިރުޝާދާއި އެއްގޮތަށްކަމަށެވެ. އަދި ކޮންމެހެން އޮފީހަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނިކުންނަވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭއިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެނަމަ، އޭނާގެ ކޮންޓްރެކްޓް ޓްރެސިންގ ހަދައި، ހައި ރިސްކް މީހުންނާއި ހައި ރިސްކު ނޫން މީހުން ވަކިކޮށް، ކަރަންޓީނު ކުރެވެއެވެ. އަދި ޑައިރެކްޓް ކޮންޓެކްޓްވެފައިވާ މީހުން 14 ދުވަހުގެ ހޯމް ކަރަންޓީނު ކުރުމަށްވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައެވެ. މީގެއިތުރުން އެމީހުންގެ ފަރާތުން ކޮވިޑް ޢަލާމާތެއް ފެނިއްޖެނަމަ ޓެސްޓް ކުރެވެއެވެ. އަދި މީހަކަށް ކޮވިޑް ޖެހުމުން އޭނާއާއި ކޮންޓެކްޓްވެފައިވާކަން އެނގޭ މީހަކު އިތުރު މީހުންނާއި ބަދަލުނުކޮށް އޭނާ ޕޮޒިޓިވް ނޫންކަން ޔަޤީންވާހާ ދުވަހު އެކަހެރިވެ އުޅުމަކީ މިބަލި ކޮންޓްރޯލްކުރުމަށް އަމިއްލައަށް ކުރެވިދާނެ މުހިންމު މަސައްކަތެކެވެ.

އެހެން ޤައުމުތަކޭކޭވެސް އެއްގޮތަށް މިކުޑަކުޑަ ރާއްޖެއިންވެސް ކޮވިޑް-19 ކޮންޓްރޯލް ނުކުރެވިގެން އުޅޭއިރު، މިހާތަނަށް މިރާއްޖެއިން 5041 މީހަކުވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި ރާއްޖެއިން 19 މީހަކުވަނީ މިބަލީގައި ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ