ރައްޔިތުން މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް - ފޮޓޯ: ދިޔަރެސް

ކޮވިޑް-19 ގެ ވައްކަންތަކާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް!

ކޮވިޑް-19 ގެ ވައްކަންތަކާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މިނިވަން މެންބަރު އަޙްމަދު އުޝާމް ހުށަހަޅުއްވައިފިއެވެ.

ކޮވިޑު-19 އާއި ގުޅިގެން ހެލްތު މިނިސްޓްރީން ކުރި އެކި ހަރަދުތަކުގައި ކޮރަޕްޝަނާއި ބޮޑެތި ހިޔާނާތްތައް އެކުލެވޭ ކަމަށް އޮޑިޓު ރިޕޯޓުތަކުން ހާމަވުމާއި ގުޅިގެން މި މައްސަކަ ވަނީ ފެންމަތިވެފައެވެ.

ރައްޔިތުން މަޖިލީހަށް އުޝާމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ދައުލަތުގެ މުއަސަސާ ތަކުން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހެދުމަށް ރައްޔިތުން މަޖިލީހުގެ އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި އެދުމުން އެ އޮފީހުގެ ފަރާތުން ިނިސްޓްރީ އޮފް ޓޫރިޒަމްއާއި މިނިސްޓްރީ އޮފް ހެލްތްގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދައި، އެ އޮޑިޓްގެ ފައިންޑިންގްސް އާއްމުކޮށްފައިވާއިރު، މި ރިޕޯތްތަކަށް ބެލުމުން ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ވުޒާރާތަކުން ހަރަދުކުރުމުގައި ދިވެހިރާއްޖޭގެ މާލިއްޔަތުގެ ގާނޫނާއި މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އެތަކެއް ކަނަކަން ކޮށްފައިވާކަން މި ރިޕޯތްތަކުން އެނގެން އޮތްކަމަށެވެ.

އެ މި ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ގިނަ ކަންކަމަކީ މީގެ އެތަކެއް މަސްތަކެއް ކުރިން ފެށިގެން އެކަމުގެ ކަންބޮޑުވުންތަކާ ގުޅިގެން ރައްޔިތުން މަޖިލިސްވެސް ހިމެނޭގޮތައް އެކި ފޯރަމްތަކުގައި އެމިނިސްޓްރީ ތަކާ ސުވާލުކުރެވިފައިވާ ކަންކަން ކަމަށް ވާއިރު، މި ސުވާލުތަކާ ގުޅިގެން ރައްޔިތުންނަށް އެކަމުގެ މައުލޫމާތުތައް ހާމަކުރިއިރު އެ މިނިސްޓްރީތަކުން ދޮގު މައުލޫމާތުތަކެއް ހާމަކޮށް، ރައްޔިތުނަނަށް އޮޅުވާލާފައިވާތީ، ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ މިފަދަ ބޮޑެތި ކަންކަން ހިންގަމުން އަންނާތީ ސަރުކާރާއި ދައުލަތުގެ މުއަސަސާތަކުގެ އިސްވެރިންގެ ބޮޑެތި އިހްމާލުތަކެއްވެސް އޮވެގެން ކަމަށް ފެންނަކަމް މި ކުއްލި މައްސަލައިގައި ވެއެވެ.

މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި މިހާރުން މިހާރަށް ވެސް މުހިންމު ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެއް ކަމަށް ވާތީ، މިކަމުގައި ހުރި ރައްޔިތުންގެ ކަންބޮޑުވުންތައް ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށް ސަރުކާރާއި ދައުލަތުގެ މުއަސަސާތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކާ ހުށަލަޅާ މައްސަލައެއް ކަމުގައި ރައްޔިތުން މަޖިލީހަށް އުޝާމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގައި ވެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރެފައިވާ ރިޕޯރޓުގައި ވާގޮތުން އެގްޒެކިއު ޓާރސް ޖެނެރަލް ޓްރޭޑިންގ (ޑުބާއީ) މެދުވެރިކޮށް ހޯދި 75 ވެންޓިލޭޓަރު ހޯދުމަށްކުރި މުޢާމަލާތު ގައްޔާއި، މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ހޯދި 50 ވެންޓިލޭޓަރު ހޯދުމަށްކުރި މުޢާމަލާތުގެ އިތުރުން ނާޑު ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް 20 ވެންޓިލޭޓަރު ހޯދުމަށް ކުރި މުޢާމަލާތާތުގައިވެސް ގޯސްތަކެއް ހުރިކަންވަނީ ފާހަގަކޮށްފައެވެ.

ކޮވިޑު-19 އާއި ގުޅިގެން ހެލްތު މިނިސްޓްރީން ކުރި އެކި ހަރަދުތަކުގައި ކޮރަޕްޝަނާއި ބޮޑެތި ހިޔާނާތްތައް އެކުލެވޭ ކަމަށް އޮޑިޓު ރިޕޯޓުތަކުން ހާމަވުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިނިސްޓަރު އަމީން މަޤާމުން ވަކިކުރަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ހުސޭނު

    ހެލްތު މިނިސްޓަރާ، ފިނޭންސް މިނިސްޓަރު ވަގުތުން ހައްޔަރުކޮށް ތަހްޤީޤު ފަށާ. ހުރިހާ ކުދިން ބަހާލައިގެން މިލިއަނުން މިލިއަނުން ފައިސާ ގަނޑު މަޅާލީ. ތިޔަކަމުގައި ހެލްތު، ފިނޭންސް، ރައީސް އޮފީހުގެ ޖީބަށް ފައިސާތައް އަޅާލީ. ވަގުތަކުން އަލިފާނެއް ނާރާނެ ވިއްޔަ. އަދީބެއް، ޔާމީނެއް ކިޔާނެ ކަމެއް ނެތް. ކުރަނީ އެއް ކަމެއް. ވައްކަން. ވައްކަން. ވައްކަން

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ