ފޮޓޯ: ބެކް ރާއްޖެ

ސަރުކާރު ވެންޓިލޭޓަރަކަށް ލާން ވެއްޖެ، ކޮރަޕްޝަން ހުރީ ފުއްޕޭމޭގައި ހިފާފައި: ޝަހީދު

ސަރުކާރު ވެންޓިލޭޓަރަކަށް ލާން ވެއްޖެ ކަމަށާއި، ކޮރަޕްޝަން ހުރީ ފުއްޕޭމޭގައި ހިފާފައި ކަމަށް އދ. ގެ ހާއްސަ މަންދޫބު އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

އަހްމަދު ޝަހީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަޅުގަނޑަށް ހީވާގޮތުގައި މި ސަރުކާރު މިހާރު ދެން ވެންޓިލޭޓަރ އަކަށް ލާން ވެއްޖެހެން ކަމަށާއި ކޮރަޕްޝަން މިހާރު ހުރީ ސަރުކާރުގައި ވަރަށް ފުޅާކޮށް ފެތުރި އަދި ފުއްޕާމޭގައި ވެސް ހިފާފައި ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދާ އެ އޮޑިޓާ ގުޅޭ ގޮތުން އޮޑިޓަރު ޖެެނެރަލް އާންމު ކުރެއްވި ރިޕޯޓުގައި ކޮވިޑް-19 އާއި ގުޅިގެން ކުރި ހަރަދުތަކުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތައް ކޮށްފައިވާ ގިނަ ކަންތައްތަކެއް ފަޅާއަރުވާލައިފައި ވެއެވެ.

މި ރިޕޯޓާއި ގުޅިގެން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ މިމައްސަލައިގެ ތަހުގީގު ނިމެންދެން މަގާމުގެ މައްސޫލިއްޔަތު ތަކުން އަމިއްލަފުޅަށް އެކަހެރިވަޑައިގެންފައެވެ.

މީގެއިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، މިމައްސަލަތަކާއި ގުޅިގެން ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި އެ މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވްސް އަދި ވެންޓިލޭޓަރުތައް ގެނައުމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރެއްވި ވެރިން ވެސް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި ގުޅިގެން ހެލްތް މިނިސްޓްރީގެ އިސްބޭފުޅުންނަށް ގިނަބަޔެއްގެ ފާޑުކިޔުންތައް އަންނަނީ ކުރިމަތިވަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ހިންގާފައިވާ މުއާމަލާތުތަކުގެ ތެރެއިން ފާހަގަވި އޮޅުވައިލުމާއި މަކަރާއި ހީލަތުގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނަށް އަންގަވައިފި އެވެ.

ސަރުކާރު ވެންޓިލޭޓަރަކަށް ލާން ވެއްޖެ، ކޮރަޕްޝަން ހުރީ ފުއްޕޭމޭގައި ހިފާފައި: ޝަހީދު

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ