ސ. މީދޫ ބަނދަރުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް

ސ. މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ %71 ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢުގެ ތެރެއިން އެއްގަމު ތޮށީގައި ގައު އެތުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައި. އަދި މިހާރު ކުރިއަށްދާ އެއްގަމު ތޮށި ލުމަށް ބޭނުންވާ ކެޕިންގް ބީމްގެ މަސައްކަތުގެ %52 ވަނީ ނިމިފައިވާ ކަމަށްވެސް އެމްޓީސީސީ އިން ވިދާޅުވިއެވެ.

އަދި މި މަޝްރޫޢުގެ ދަށުން 61,396 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 115 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ގަލުން ބޭރު ތޮށި ލުމުގެ މަސައްކަތާއި، 621 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭއިރު، 3،150 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި ޖަހާއި ރޭމްޕް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީ އިން ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަށް 33.4 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވޭއިރު، މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 18 ސެޕްޓެމްބަރ 2019 ގައި ކަމަށްވެސް އެމްޓީސީސީ އިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ