ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް

ސްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ދެ ބޭފުޅެއްގެ ނަން ފޮނުވައިފި

ދިވެހިރާއްޖެގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ދެ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ އިބްރަޙީމް މުޙައްމަދު ޞާލިޙް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެންމެ ވަނީ މި ދެބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވައިފައި ވާކަން ހާމަ ކުރައްވާފައެވެ. ސްޕްރީމް ކޯޓުގެފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް މަޖިޅިހަށް ފޮނުވާފައި ވަނީ ދަފްތަރު ނަންބަރު 2302 އޛ. ޢަލީ ރަޝީދު ޙުސައިން އާއި ހދ.ކުޅުދުއްފުށި ފިނިފެންޖަންބުގޭ ޑރ. މުޙައްމަދު އިބްރާހީމްގެ ނަމެވެ.

ސްޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރު ކަމުގެ މަޤާމަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައިފައި ވަނީ އޮގަސްޓް 6 ވަނަ ދުވަހުއެވެ.

ރައީސް ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ދަފްތަރު. ނަންބަރު 2302 އޛ. ޢަލީ ރަޝީދު ޙުސައިން އާއި ހދ.ކުޅުދުއްފުށި ފިނިފެންޖަންބުގޭ ޑރ. މުޙައްމަދު އިބްރާހީމް ޢައްޔަންކުރުމަށް ޖޭއެސްސީއިން މަޝްވަރާ ދެއްވާފައިވާތީ، ދެބޭފުޅުންގެ ނަން މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިކަމަށެވެ.

ޢަލީ ރަޝީދު އަކީ ވަގުތީ ގޮތުން ކްރިމިނަލް ކޯޓް ހިންގެވުމާއި ހަވާލުވެ ހުންނެވި ގާޒީއެވެ. މީގެ އިތުރުން މުޙައްމަދު އިބްރާޙީމް އަކީ ޤާނޫނީ ވަކީލުކަމުގެ ދާއިރާގައި ގިނަ އަހަރު ތަކެއްވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ