ބޮލީވުޑްގެ ދުވަސްވީ އަދި ލެޖެންޑްރީ އެކްޓަރު އަމީތާބް ބައްޗަން، ކޯން ބަނެގާ ކޮރޯޑްޕަޓީގެ ސޫޓިން ފަށަން ތައްޔާރު ވެއްޖެއެވެ.
އަމީތާބް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެތައް ހާސް ބަޔަކަށް ހާސްކަން ކުރިމަތިވިއެވެ. ނަމަވެސް 23 ދުވަހު މުންބާއީގެެ ލިލަވަތި ހޮސްޕިޓަލްގައި އެޑްމިޓް ކުރުމަށް ފަހު ކޮވިޑް-19 އަށް ނެގެޓިވް ވުމާއި ގުޅިގެން މިހާރު ވަނީ ގެޔަށް އައިސްފައެވެ.
އަމީތާބް ގެ ބްލޮގްގައި ބުނެފައިވާ ގޮތުގައި އޭނާގެ ޓީވީ ޝޯ، ކޯން ބަނެގާ ކޮރޯޑްޕަޓީގެ 12 ވަނަ ސީޒަންގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި އެންމެހާ ސަލާމަތީ ފިޔަވަޅުތަކަށް ބަލާނެ ކަމުގައި ވެސް އަމީތާބް ބުނެފައި ވެއެވެ.
"ކޯން ބަނެގާ ކޮރޯޑްޕަޓީގެ ޝޫޓިން ފެށުމަށް ވަރަށް ގިނަ ތައްޔާރޫތައް ވަމުން މިދަނީ. އަދި މިކަންތައް ކުރިއަށް ދާނީ އަޅަން ޖެހޭ އެންމެހާ ސަލާމަތީ ފިޔަވަޅުތަކަށް ބަލައިގެން" އަމީތާބް ބައްޗަން ބުންޏެވެ.
އުމުރުން 77 އަހަރުގެ އަމީތާބް އަކީ މިހާރުވެސް ބޮލީވޫޑުގައި އެކްޓިވް ތަރިއެކެވެ. މިގޮތުން އަމީތާބް އެންމެފަހުން ކުޅެފައިވަނީ ގުލާބޯ ސިޓާބޯ ނަމަކަށްކިޔާ ހެއްވާ މަޖާ ފިލްމެކެވެ.
"ކޯން ބަނެގާ ކޮރޯޑްޕަޓީ" ގެ ސޫޓިން ފަށަން އަމީތާބް ތައްޔާރުވެއްޖެ




