ޕޮޒިޓިވް މީހުންގެ ތެރެއިން 89 މީހުން ފެސިލިޓީތަކަށް ދާން ދެކޮޅު ހަދާ: އެޗްއީއޯސީ

ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 89 މީހަކު ފެސިލިޓީއަށް ދާން ދެކޮޅު ހަދާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން ވިދާޅުވީ، ހުކުރު ދުވަހުގެ 18:00 އާއި ހަމަޔަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި، 89 މީހަކު ފެސިލިޓީއަށް ދިއުމަށް ދެކޮޅު ހަދާފައިވާކަމަށެވެ. އަދި ފެސިލިޓީތަކަށް ނުގެންދެވި 194 މީހުން ތިބި ކަމަށްވެސް ވިދާޅުވިއެވެ.

އަދި މީގެ އިތުރުން 18 މީހަކު ތިބީ އާއިލާ މީހުންގެ ނަތީޖާ ލިބެންދެން މަޑުކޮށްގެންތިބިއިރު، ޖަވާބު ނުލިބޭ 33 މީހަކުވާކަމަށްވެސް އެ ސެންޓަރުންވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ތަފާތު އެހެނިހެން ސަބަބުތަކާހެދި ފެސިލިޓީއަށް ގެންދެވިފައިނުވާ 14 ފަރާތެއްވެސް ވެއެވެ.

މިހާރު އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން އައިސޮލޭޓް ކުރުމުގައި އިސްކަންދެނީ ހައި ރިސްކް މީހުންނަށެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ކޮންމެ ދުވަހަކު އެވްރެޖް ގޮތެއްގައި 100 އަށްވުރެ ގިނަ މީހުން ޕޮޒިޓިވުވަމުން އަންނައިރު މިހާތަނަށް 6،564 މީހުންވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މިބައްޔަށް މިވަގުތު ރާއްޖޭގައި ފަރުވާދެމުންދާ މީހުންގެ އަދަދަކީ 2،527 އެވެ. މީގެތެރެއިން 166 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ